.webp&w=3840&q=75)
ދެކުނު ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް، ޚާން ޔޫނިސްގައި ބޮމުގެ އަޑުފައްގަނޑު!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 31 އޮކްޓޯބަރު 2025 - 11:54
އިސްރާއީލުގެ ނިރުބަވެރި ފައުޖުތަކުން ދެކުނު ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީފިއެވެ.
ހަމަލާތައް ދީފައި ވަނީ ދެކުނު ޣައްޒާގެ ޚާން ޔޫނިސްއަށް ވައިގެ މަގުންނެވެ. ފާއިތުވި 48 ގަޑިއިރު ޚާން ޔޫނިސްއަށް ގިނަ ހަމަލާތަކެއް ދީފައިވާއިރު ގެދޮރާއި އިމާރާތްތައް ބަމާ ހަމަވެ، އެތައް ބަޔަކު މަގުމަތިވެފައިވެއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެެއެވެ.
އިސްރާއީލުގެ ހަމަލާތަކުގައި މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް 64 މީހަކު ޝަހީދުވެފައިވެއެވެ.
މިއާއެކު ހަމަލާދިނުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހާމާސްއިން ހިލާފުވީކަމަށް ބުނެ އިސްރާއީލުން ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި ޖުމުލަ 104 މީހަކު މިވަނީ ޝަހީދުވެފައެވެ.
އިސްރާއީލުން ޣައްޒާއަށް އެންމެ ފަހުން ދިން ހަމަލާތަކުގައި 104 މީހަކު ޝަހީދުވެ އިތުރު ބަޔަކު ޒަހަމްވިކަން މިހާތަނަށް ވަނީ ކަށަވަރު ކުރެވިފައެވެ.
ޣައްޒާގެ މެޑިކަލް އަދި ރެސްކިޔު ޓީމުތަކުން އަންނަނީ އިތުރު މީހުން ޝަހީދުވެފައިވާ ވޭތޯ ބަލައި އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ފަލަސްތީނުގެ ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވެސް ވަނީ މިކަން އިއުލާންކުރައްވާފައެވެ.
އެންމެ ފަހުން ދިން ހަމަލާތަކަށް ބަލާއިރު ރެޔާއި މިއަދު ހަމަލާދިނީ، އަސީރުންގެ ހަށިތަށް ހަވާލުކުރުމުގައި ހަމާސްއިން އެއްބަސްވުމާއ ހިލާފުވެފައިވާ ކަމަށާއި އަދި އިސްރާއީލްގެ ޓެރަރިސްޓުންނަށް ހަމަލާދީފައިވާ ކަމަށް ބަހަނާ ދައްކަމުންނެވެ. ނަމަވެސް ހަމާސްއިން ދަނީ އެއްބަސްވުމާ ހިލާފުނުވާކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.
ހަމަލާތައް ދިން ނަމަވެސް އެމެރިކާގެ ޑޮނާލްޑް ޓްރަމްޕްގެ ހުޝައެޅުމާ އެއްގޮތަށް ވެފައިވާ އެއްބަސްވުން އަދިވެސް ދެމި އޮތް ކަމަށް އެމެރިކާގެ ނައިބުރައީސް ޖޭޑީ ވޭންސް ވަނީ ވިދާޅުވިއެވެ.
އިސްރާއީލުން ބާރުގަދަ ހަމަލާތަކެއް ދިނުމަށް އުޒުރެއްގެ ގޮތުގައި މިފަހަރު ބުނީ އިޒްރޭލު ސިފައިން ތިބުމަށް ފާހަގަކޮށްފައިވާ ރީނދޫ ރޮނގު ހުރަސްކޮށް ހަމާސްއިން ސިފައިންނަށް ހަމަލާދިން ކަމަށެވެ. އެކަމަކު މި ހަމަލާ ދީފައި ވަނީ ކޮން އިރަކު ކޮން ތާކު ކަމެއް ވެސް ނުބުނެއެވެ.
ޣައްޒާއަށް އަލުން ވަރުގަދަ ހަމަލާތައް ފަށަން އިސްރާއީލުގެ ބޮޑުމުޖުރިމު ބެންޖަމިން ނަތަންޔާހޫ އަމުރުކޮށްފި ކަމަށް އޭނާގެ އޮފީހުން ބުނެފައި ވެއެވެ.
އިސްރާއީލުން މިހާރު ވެސް ދަނީ އެއްބަސްވުމާ ޚިލާފަށް އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. މި ގޮތުން، ޣައްޒާގެ އެކި ކަންކޮޅުތަކަށް ވައިގެ ޙަމަލާތައް އަމާޒު ކުރަމުންދާއިރު، ޣައްޒާގެ ބައެއް ސަރަޙައްދުތަކުގައި އަދިވެސް ހަރަކާތްތެރިވަމުންދާ ޔަހޫދީ ޓެރަރިސްޓުން ދަނީ ޣައްޒާގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް އަސްކަރީ ޓޭންކުފަހަރާއި ބަޑީގެ ޙަމަލާތައް ދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


