
އަތުލައިގަނެފައިވާ މަސްތުވާތަކެތި އަދި ފައިސާ
ނިމިދިޔަ ބުރާސްފަތި ދުވަހު މާލެއާއި ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފި

ޔޫޝައު ހަސަން - 24 ޑިސެމްބަރު 2022 - 08:31
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި 7 ކިލޯއާއި ގާތްކުރާ އަދަދަކަށް މަސްތުވާތަކެއްޗާއި މިލިއަނަކާއި ގާތަށް ރުފިޔާ އަތުލައިގަނެފިއެވެ.
މިކަން ހާމަ ކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ނިމިދިޔަ ބުރާސްފަތި ދުވަހު މާލެއާއި ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކުރި ކުރުމުން 6.8 ކިލޯގެ މަސްތުވާތަކެއްޗާއި 933,409 ރުފިޔާއާއެކު 17 މީހަކު ހައްޔަރުކޮށްފައި ވާކަމުގައެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިނގަމުންދާ އޮޕަރޭޝަންތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކި އަދަދު ތަކުން މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގަންނަމުންދާކަން ފާހަގަކޮށްލަމެވެ