logo

ވޯޓަކީ އަމާނާތެއް: އީސީގެ ރައީސް ޝަކީލް

profile

މުޙައްމަދު ފަޟްލޫން - 25 އޯގަސްޓު 2026 - 06:54

ވޯޓަކީ އަމާނާތެއް ކަމަށް އިލެކްޝަންސް ކޮމިޝަން، އީސީގެ ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ވޯޓްލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީސްމީޑިއާގައި ދެއްވި މެސެޖެއްގައި ޝަކީލް ވަނީ ވޯޓްލުމުގެ ހައްގު އަދާކުރުމުގައި އަހަރުމެންގެ ހިތްތަކުގައި މާތްﷲ އަށް ބިރުވެތިވުމާއި ތެދުވެރިކަމާއި އިހްލާސްތެރިކަން އަބަދުމެ ބާއްވަން ޖެހޭކަމަަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެން ދޭ ކޮންމެ ވޯޓަކީ، ގައުމީ ތަރައްގީއަށާއި، ގާނޫނީ ހަމަހަމަކަމާއި، ދައުލަތުގެ މުއައްސަސާތަކުގެ ހަމަޖެހުމަށް ސީދާ ގޮތުންވެސް އަދި ނުސީދާގޮތުންވެސް އަސަރު ފޯރުވާނެ ނިންމުމެއްކަމުގައި ޝަކީލް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ވޯޓްލާ މީހުންގެ ދުވަހުގެ ޝިޔާރަކީ ވޯޓަކީ ހައްގެއް އަދި ޒިންމާއެއް މި އެވެ.

2024 ވަނަ އަހަރުން ފެށިގެން ވޯޓްލާ މީހުންގެ ދުވަހެއްގެ ގޮތުގައި އޮގަސްޓް މަހުގެ 25 ވަނަ ދުވަސް ދަނީ ފާހަގަކުރަމުންނެވެ.

ވޯޓްލާ މީހުންގެ ދުވަހާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ސަލާހް ޝިހާބު ވިދާޅުވީ ވޯޓަކީ ގައުމުގެ މުސްތަގުބަލު ކަމަށެވެ. އަދި އޭނާ ވަނީ ޒިންމާދާރުކަމާއި ހިކްމަތްތެރިކަމާއެކު ވޯޓްލައި ގައުމުގެ ކުރިމަގު އުޖާލާކުރުމުގައި ފަރުދީގޮތުން ބައިވެރިވާން ގޮވާލައްވާފައެވެ.

މިދުވަސް ފާހަގަކުރަމުގެ ބޭނުމަކީ މިފަހަކަށް އައިސް ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ވޯޓްލާން ނިކުންނަ މީހުން މަދުވަމުންދާ ސަބަބު ދެނެގަތުމަށް ދިރާސާ ތަކާއި ސާރވޭތައް ކުރުމެވެ.



https://wamco.com.mv/
tel:+9607331319