logo

ރޭޕް ކޭސްއާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފި

profile

އާމިނަތު ޝަޒްލާ - 24 އޮކްޓޯބަރު 2026 - 09:34

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މައުލޫމާތުގައި ބުނެފައިވާ ގޮތުގައި، އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މި މައްސަލަ ފުލުހުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ.

މި ތުހުމަތުތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނުންނެވެ. އަދި މި މައްސަލައިގެ ތަހުގީގު ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިއުމަށްޓަކައި މާލެއިން ހާއްސަ ތަހުގީގު ޓީމެއް އެ ރަށަށް ގޮސް، މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފުސީލު ހޯދުމަށް "އަސްލު ޓީވީ" އިން ފުލުހުންގެ މީޑިއާ އޮފިޝަލަށް ތަކުރާރުކޮށް ގުޅި ނަމަވެސް، ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފުސީލެއް ވަނީ ލިބޭގޮތް ނުވެފައެވެ.

https://wamco.com.mv/
tel:+9607331319