logo
ވީއައިއޭގެ ޓާމިނަލް 1 އިން ގަލްފް އެއާރ އަށް ހިދުމަތް ދޭން ފެށުން / ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ ޓާމިނަލް 1 އިން ގަލްފް އެއާރ އަށް ހިދުމަތް ދޭން ފެށުން / ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ ޓާމިނަލް 1 އިން ގަލްފް އެއާރ އަށް ހިދުމަތް ދޭން ފަށައިފި

profile

އައިޝަތު އިބްރާހިމް - 06 އޮކްޓޯބަރު 2025 - 18:13

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ގަލްފް އެއާރ އަށް ހިދުމަތް ދޭން ފަށައިފިއެވެ.

https://wamco.com.mv/

ޓާމިނަލް 1 އިން ގަލްފް އެއާރ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން، އަބްދުالله ގިޔާސް ކަމަށް ވީއައިއޭގެ ބެލެނިވެރި ކުންފުނި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފައިވެއެވެ.

މި ރަސްމިއްޔާތުގައި ގަލްފް އެއާރ އިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 77 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ގަލްފް އެއާރގެ ފުރަތަމަ މަތިންދާބޯޓު، GF145 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 18 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައި ކަމަށްވެސް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

undefinedވީއައިއޭގެ ޓާމިނަލް 1 އިން ގަލްފް އެއާރ އަށް ހިދުމަތް ދޭން ފެށުން / ފޮޓޯ: އެމްއޭސީއެލް

ގަލްފް އެއާރއަކީ ބަހްރެއިންގެ ގައުމީ އެއާރލައިނެވެ. އެ އެއާރލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 27 އޮކްޓޫބަރު 2019 ގައެވެ. ގަލްފް އެއާރ އިން ބަހްރެއިން އާއި ރާއްޖެއާ ދެމެދު ދުވާލަކު އެއް ފްލައިޓް އަދި ރާއްޖެއާއި ލަންކާއާ ދެމެދު ވެސް ދުވާލަކު އެއް ފްލައިޓް ބާއްވާކަމަށް އެމްއޭސީއެލުން ފާހަގަކޮށްފައިވެއެވެ.

ގަލްފް އެއާރއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 9 ވަނަ އެއާރލައިނެވެ. އަދި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި މެދުއިރުމަތީގެ ދެވަނަ އެއާރލައިނެވެ.

undefinedވީއައިއޭގެ ޓާމިނަލް 1 އިން ގަލްފް އެއާރ އަށް ހިދުމަތް ދޭން ފެށުން / ފޮޓޯ: އެމްއޭސީއެލް

ރަސްމިއްޔާތުގައި ގަލްފް އެއާރގެ އެއަރޕޯޓް މެނޭޖަރު މުހައްމަދު އަރުޝަދު މުހައްމަދު ނަވާސް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް، އެމްއޭސީއެލް އާއި ގަލްފް އެއާރގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންފައިވާ ކަމުގައި އެމްއޭސީއެލުން ވަނީ ބުނެފައެވެ.

ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާރލައިންތަކަކީ މޯލްޑިވިއަން، އެއާރ އަރަބިއާ، ބިއޯންޑް، ފިޓްސް އެއާރގެ އިތުރުން ބެއިޖިންގް ކެޕިޓަލް އެއާރލައިންސް، ބަޓިކް އެއާރ، ބެންކޮކް އެއާރވޭސް އަދި އިންޑިގޯއެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

https://etukuri.mv/
https://www.aslu.com.mv