logo

ކުއޮންގްގެ ވެރިކަމުގައި ވިއެޓްނާމަށް ތަރައްޤީއާއި ކުރިއެރުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

profile

އައިޝަތު އިނާޝާ - 23 އޮކްޓޯބަރު 2024 - 15:00

ރައސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ރައސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ލުއޮންގް ކުއޮންގް ވެރިކަމުގައި ވިއެޓްނާމަށް ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ވިއެޓްނާމްގެ އައު ރައީސް، މަޤާމުގެ ހުވާކުރެއްވުމާ ގުޅިގެން ، ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެޖެއްގައެވެ.

ރައީސްގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ލުއޮންގް ކުއޮންގްއަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ކުއޮންގްގެ ވެރިކަމުގައި ވިއެޓްނާމަށް ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ބައިނަލްއަޤްވާމީ މުހިންމު ކަންކަމުގައި އެއްބާރުލުން ދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސްގެ ތަހުނިޔާގެ މެސެޖުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ރައީސް ޑރ. މުޢިއްޒުގެ މެސެޖު ނިންމަވާލައްވަމުން، ވިއެޓްނާމްގެ ރައީސް ކުއޮންގްއަށް ކާމިޔާބީއާއި ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ވިއެޓްނާމްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުން ލިބެމުންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.


https://wamco.com.mv/
tel:+9607331319