logo

ނޮވެމްބަރު 10 ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ކަނޑައަޅައިފި

profile

ޝުރުފާ މުހައްމަދު - 20 އޮކްޓޯބަރު 2024 - 15:59

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ ވެލާނާގެ އިމާރާތް:

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ ވެލާނާގެ އިމާރާތް:

އަންނަ ނޮވެމްބަރު މަހުގެ 10 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިކަން ރައީސް އޮފީހުން މިއަދު ވަނީ ހާމަކޮށްފައެވެ.

އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖެހިގެން އަންނަ ނޮވެމްބަރު 11 އަކީ ބަންދު ދުވަހަކަށް ވާތީ މެދުނުކެނޑި ސަރުކާރު މުވައްޒަފުންނާއި ސްކޫލްތަކަށް ބަންދު ދުވަސް ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ނޮވެމްބަރު 11 އަކީ ޖުމްހޫރީ ދުވަހެވެ.

މި ގެނެވުނު ބަދަލާއި އެކު ނޮވެމްބަރު 8، 9 10 އަދި 11 ހަތަރު ދުވަސް ވެގެން ދާނީ ސަރުކާރު ބަންދު ދުވަސްތަކަށެވެ.

https://wamco.com.mv/
tel:+9607331319