logo
ގައުމީ ދިދަ

ގައުމީ ދިދަ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފި

profile

މުޙައްމަދު ފަޟްލޫން - 13 ޖުލައި 2026 - 11:02

ގަތަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

https://wamco.com.mv/

ގަޠަރަށް ބޮޑެތި އިޞްލާޙީ އަދި ޒަމާނީ ބަދަލުތަކެއް ގެންނެވުމުގެ މޭސްތިރިއެއްގެ ގޮތުގައި ބެލެވޭ ޝައިޚް ޙަމަދު އަވަހާރަވިއިރު، އުމުރުފުޅަކީ 74 އަހަރެވެ. ގަޠަރުގެ އަމީރީ ދިވާނުން ނެރުއްވި ރަސްމީ ބަޔާނެއްގައިވާ ގޮތުން، އެމަނިކުފާނު އަވަހާރަވީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލާފައިވަނީ އިއްޔެގެ މަޣްރިބު ނަމާދަށްފަހު، ރަސްމީ އިއްޒަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި މިއަދު މެންދުރު 12:00 އިން ފެށިގެން މާދަމާ މެންދުރު 12:00 އާ ހަމައަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ދިވެހިރާއްޖެއާއި ގަޠަރާ ދެމެދު އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައެވެ.

ޚާއްޞަކޮށް، ޝައިޚް ހަމަދު ގަތަރުގެ އަމީރުކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމާއި، ރާއްޖޭގެ ތަރައްގީއަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk