logo

ތިނަދޫ ސިޓީ "އާބާދީ 60" ޖަލްސާއަށް ރައީސްއާ ކުރީގެ ރައީސުންނަށް ދަޢުވަތު ދެނީ

profile

އާމިނަތު ޝަޒްލާ - 13 ޖުލައި 2026 - 17:15

ގދ. ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ޖަލްސާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް ދަޢުވަތު ދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

https://wamco.com.mv/

ތިނަދޫ ސިޓީ މޭޔަރ ސައުދު އަލީ ވިދާޅުވީ މި ޖަލްސާއަކީ 1966 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ތިނަދޫ މީހުން އަލުން އެ ރަށުގައި އާބާދުވާން ފެށިތާ 60 އަހަރު ފުރުން ނުވަތަ "އާބާދީ 60" ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހަރަކާތް ކަމަށެވެ.

ތިނަދޫ ސިޓީ މޭޔަރ ސައުދު މަޢުލޫމާތު ދޭ ގޮތުގައި، މި ތާރީޚީ މުނާސަބަތަކީ މުޅި ރާއްޖެއަށާއި ވަކިން ޚާއްސަކޮށް ތިނަދޫގެ ރައްޔިތުންނަށް ވަރަށް މުހިންމު ދުވަހަކަށް ވާތީ، މި ޖަލްސާ ވީހާވެސް ކުލަގަދަކޮށް ބޭއްވުމަށް ވަނީ ރޭވިފައެވެ. އެގޮތުން ދައުލަތުގެ އެންމެ މަތީ ވެރިންނަށް މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު އެރުވުމަކީ މި ދުވަހުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، މިހާރު ދުނިޔޭގައި ތިއްބެވި ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުންނަށް ދަޢުވަތު ދިނުމުގެ މަސައްކަތް ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ.

ތިނަދޫ އާބާދީއަށް 60 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ތަފާތު ގިނަ ހަރަކާތްތަކެއް އެ ސިޓީގައި ހިންގުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެ މަޤްޞަދަކީ ތިނަދޫގެ ތާރީޚާއި، އެ ރަށުގެ ރައްޔިތުން އުފުލި ތަކުލީފުތަކުގެ ހަނދާން އާކޮށް، އާބާދީގެ ބަދަހިކަން ދެމެހެއްޓުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk