logo

މަރަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަނެއް ބަންދު!

profile

އާމިނަތު ޝަޒްލާ - 13 ޖުލައި 2026 - 13:28

އައްޑޫ ސިޓީ މަރަދޫގައި މަސްތުވާތަކެތި ބޭނުންކުރުމަށް ހިންގަމުންދިޔަ ތަނެއް ބަންދުކުރުމަށް، މަރަދޫ މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ.

https://wamco.com.mv/

ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، މި އަމުރު ނެރެފައިވަނީ މަރަދޫ "ބޯޅަދަނޑުގެ" ބަންދުކުރުމަށެވެ. ކޯޓުން އަމުރުކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށް އެތަން ބަންދުކުރުމަށެވެ. މި މުއްދަތުގެ ތެރޭގައި، ކަމާބެހޭ ފަރާތްތަކުގެ ހުއްދަނެތި އެ ތަނަށް ވަދެނުކުމެ އުޅުމަކީ ޤާނޫނީ ގޮތުން ކުށެކެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ކޯޓު އަމުރާ ޚިލާފަށް އެފަދަ ތަންތަނަށް ވަންނަ ފަރާތްތަކާއި، އެ ތަނަކަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނުވަތަ ބޭނުންކުރާ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އަދި އެފަދަ ތަންތަން ގިނަވެގެން 3 މަސްދުވަހަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ އިޚުތިޔާރު ކޯޓުތަކަށް ލިބޭގޮތަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ވަނީ އިޞްލާޙު ގެނެސްފައެވެ. މި އިޞްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 2024 މާރިޗު 7 ގައެވެ.

އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ވަބާ ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި، ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފުލުހުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk