
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހުކޮށްފި

މުޙައްމަދު ފަޟްލޫން - 06 ޖުލައި 2026 - 01:28
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ ހިޔާ މަޝްރޫޢުގެ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމައި، އެ ހިދުމަތް މިރޭ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ބައެއް ލިފްޓްތައް މީގެކުރިން ނިންމައި ބޭނުންކުރަން ފަށާފައިވާއިރު، ބާކީ ހުރި ހުރިހާ ލިފްޓްތަކެއްގެ މަސައްކަތް ނިންމައި އިފްތިތާޙުކޮށްދެއްވީ މިރޭ ހިޔާ ސަރަޙައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިޔާ ސަރަޙައްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން، އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ ލިފްޓްތަކުގެ ދަތިކަމެވެ.
ހާއްސަކޮށް ބަންދު ދުވަސްތަކާއި ސްކޫލްތައް ނިމޭ ގަޑިތަކުގައި ލިފްޓަށް އެރުމަށް ގިނަ ވަގުތު ކިޔޫގައި މަޑުކުރަންޖެހުމުގެ ޝަކުވާ ރައްޔިތުން ވަނީ އޭރު ހުށަހަޅާފައެވެ.
އެ ރައްޔިތުންގެ އިޙްސާސްތައް އަޑުއައްސަވައި، ރައީސް މުޢިއްޒު ވަނީ ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.
ހިޔާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް، ވެރިކަމުގެ ކުރީކޮޅު މި މަސައްކަތް ފައްޓަވައި، ހިޔާގެ 16 ޓަވަރުގައި ޖުމްލަ 32 ލިފްޓް މިހާރު ވަނީ ގާއިމުކޮށް ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން އަލަށް ހަރުކުރެވުނު ލިފްޓްތަކަކީ ގިނަ ބަޔަކަށް އެއްފަހަރާ ދަތުރުކުރެވޭ ފަދަ ޖާގަ ތަނަވަސް ލިފްޓްތަކެކެވެ.
މީގެ އިތުރުން، ބަލިމީހުން އުފުލުމުގައި ފަސޭހަވާނެހެން، ސްޓްރެޗަރުވެސް ފަސޭހަކަމާއެކު އެރުވޭނެ ފަދަ ތަނަވަސްކަން މި ލިފްޓްތަކުގައި ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ފޭސް 2 ގައި ހުރި އާއްމުންގެ ބިންތައް އާއްމު ހިދުމަތްތައް ދެވޭނެހެން ތަރައްގީކުރުމަކީ އަމާޒެއް: ޑރ މުއްތަލިބު
3 ގަޑިއިރު ކުރިން

ފުންފަޅު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
3 ގަޑިއިރު ކުރިން

ސްރީލަންކާގެ ޖަލެއްގައި ހިނގި މާރާމާރީއެއްގައި ދެމީހަކު މަރާލައިފި
16 ގަޑިއިރު ކުރިން

އެއަރޕޯޓް މުވައްޒަފުންނަށް އިންޒާރުދިންކަމަށް ބުނާ ވާހަކަތައް އެމްއޭސީއެލް އިން ދޮގުކޮށްފި
16 ގަޑިއިރު ކުރިން


.gif&w=3840&q=75)