
އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު
ޕްރައިމަރީގައި ނިންމާ ނިންމުމަކުން އެމްޑީޕީއަށް ވެރިކަން ގެއްލިދާނެ - މޭޔަރ ނިޒާރު

އަހުމަދު ޒަލީފު - 13 ޖެނުއަރީ 2023 - 17:09
މިމަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ މެމްބަރުން ނިންމާ ނިންމުމަކުން އެމްޑީޕީއަށް މި އަހަރުގެ ރިޔާސީ އިންތިހާބު ގެއްލިދާނެ ކަމަށް، އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާމު މިހެން ވިދާޅުވީ، އައްޑީ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވާ ދަތުރު ފުޅުގައި އައްޑޫގެ މެމްބަރުންނާއި ބައްދަލުކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަޅުގަނޑުމެން މި ޕާޓީގެ މެމްބަރުން އަޅުގަނޑުމެންގެ މި ޕްރައިމަރީގައި ނިންމާ ނިންމުމާއި އެކު އިދިކޮޅު ޕާޓީ ވެރިކަމަށް ގެނައުމަށް މަގު ފަހިކޮށް މި ދެވެނީ އެކަން ނުކޮށް އަޅުގަނޑުމެން ނިންމަންވީ ޙިކުމަތްތެރިކަމާއި އެކު. އަޅުގަނޑުމެންގެ އެއްވެސް ޒާތީކަމެއް ނެތް. އަޅުގަނޑުމެންގެ އެތެރޭގެ އިންތިހާބެއް ވާދަވެރިކަމާއި އެކު ކުރިއަށް މި ދަނީ . އެއްވެސް ބޭފުޅަކަށް އެއްޗެއް ބުނާކަށް އަޅުގަނޑު ނެތިން، އެހެން ނަމަވެސް އަޅުގަނޑުމެން ނިންމާ ނިންމުމަކީ އައްޑޫގެ ތަރައްޤީއަށް ނިންމާ ނިންމުމެއް ކަމުގައިވާން ޖެހޭ - މޭޔަރ ނިޒާރު
މި ބައްދަލުވުމުގައި އައްޑޫގެ ތަރައްޤީއާއި ގުޅޭގޮތުން ރައީސްވެސް ވަނީ ވަރަށް ގިނަ ވާހަކަފުޅުތައް ދައްކަވާފައެވެ.
އެފގޮތުން، މި ސަރުކާރުން އައްޑޫ ސިޓީ ތަރައްޤީ ކުރާނީ އައްޑޫ ރައްޔިތުންގެ ފަރާތުން މި ސަރުކާރަށް ހުށަހަޅާފައިވާ ތަރައްޤީގެ ޕްލޭންގެ އެންމެ އަކުރަކަށްވެސް އަދި ފިއްޔަކަށްވެސް އެއްވެސް ބަދަލެއް ނުގެނެސް ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު އައްޑޫގައި ހުންނަވާ މިއަދު ވިދާޅުވިއެވެ.
ރައީސް މިއަދު އައްޑޫއަށް ފެއްޓެވި ދަތުރުފުޅުގައި އެ ރަށުގެ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އައްޑޫ ތަރައްޤީ ނުވެ މި ސަރުކާރު ތަރައްޤީ ނުވާނެ ކަމަށާާއި އައްޑޫއަކީ ރާއްޖޭގެ ތަރައްޤީގެ މައި ހަބެއް ކަމަށެވެ.
ރާއްޖެއަށް އައި ކޮންމެ ބަދަލެއްގެ ހެޔޮ ފާހަގަ ޖެހެން ޖެހޭ ތަނަކީ އައްޑޫ. އައްޑޫ ތަރައްގީނުވެ ރާއްޖެއެއް ތަރައްގީއެއް ނުވާނެ. އައްޑޫއަކީ ތަރައްގީގެ ވިސްނުމުގެ މައި ހަބެއް. މީގެ ކުރީގެ ސަރުކާރުތަކެއް އައްޑޫގެ ތަރައްގީއެއް މަސައްކަތްތަކެއް ކުރުމަށް އެބަހުރި މަސައްކަތް ކޮށްފައި. މިސާލަކަށް ސާކް ސަމިޓަށް ބައެއް މަސައްކަތްތައް. ނަމަވެސް އެއީ ދެމެހެޓެނެވި ގޮތެއްގައި ކޮށްފައިވާ ކަމެއްނޫން - ރައީސް
މީގެ އިތުރުން ރައީސް ވިދާޅުވީ، އައްޑޫ ރައްޔިތުންނަށް ތަރައްޤީގެ ވާހަކަ ދެއްކެން ފެށީ މިއަދު ކަމަށާއި، މި ސަރުކާރުން އައްޑޫގެ ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގާނީ އެހެން ސަރުކާރު ތަކުން އެކަން ކުރި ގޮތަށް ނޫން ކަމަށެވެ.
އަދި ކިރިޔާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ތަރައްޤީގެ ވާހަކަ ދެކެވޭވަރު މިވީ. އަޅުގަނޑު އަބަދުވެސް ދަންނަވަން ތަރައްޤީގެ ވާހަކަ ދައްކަން ފައްޓަންވާނީ ގައިން ތާހިރުވެގެންނޭ. ކުރީގެ ސަރުކާރު ތަކުން މި ދެންނެވިހެން އެބަ ހުރި ޕްރޮޖެކްޓްތައް ހިންގަން އުޅެފަ. މި ސިޓީގެ ފެނާއި ނަރުދަމާ ޤާއިމު ކުރުމުގެ ނަމުގައި ކަންތައްތަކެއް ހިނގި. އެހެންނަމަވެސް ކިހިނެއްތޯ ވީ . ކިތައް އަހަރު އަޅުގަނޑުމެން އެކަމުގައި ހޭދަކުރަން ޖެހުނުތޯ. ޕްލޭނެއް ނެތި ކުއްލި ކުއްލިއަށް މި ކަހަލަ ކަންތައްތައް ކުރުމުން އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތައް މީ. - ރައީސް
ގުޅުން ހުރި ޙަބަރުތައް

އިންތިހާބުތަކާއި ގުޅޭ ކަންބޮޑުވުން އެމްޑީޕީ އިން އީސީ އާއި ހިއްސާކޮށްފި
9 ގަޑިއިރު ކުރިން

މޯލްޑވިއަނުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށައިފި
9 ގަޑިއިރު ކުރިން

ތެޔޮ ލިބުމުގައި ތާށިކަމެއް ނެތް، ރައީސްގެ އަމާޒަކީ ތެލުގެ އަގުބޮޑުވިޔަ ނުދިނުން: ވަޒީރު ޒަމީރު
12 ގަޑިއިރު ކުރިން

ލޯނާއި އިންޓްރަސްޓަށް 1 ބިލިއަން ރުފިޔާ ދައްކައިފި
13 ގަޑިއިރު ކުރިން


.gif&w=3840&q=75)