
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ 70 އިންސައްތަ ނިމިއްޖެ

ޝަހްޒާ މުޙައްމަދު - 08 ފެބްރުއަރީ 2026 - 05:25
ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން މިހާތަނަށް 78 ހެކްޓަރު ހިއްކައިފިއެވެ.
ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. އެމްއޭސީއެލްއިން ހާމަކުރިގޮތުގައި މިހާތަނަށް 78 ހެކްޓަރު ވަނީ ހިއްކާ ނިމިފައެވެ. އެއީ މުޅި މަޝްރޫޢުގެ %70 އެވެ.
ހއ. ދިއްދޫގައި ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ އެއަރޕޯޓް ތަރައްޤީކުރުމާއި ބޯހިޔާވަހިކަމުގެ ބޭނުމަށެވެ. އެމްއޭސީއެލްއާ ހަވާލުކޮށްގެން ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފެށީ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުއެވެ. މިމަޝްރޫޢުގައި ޖުމުލަ 112 ހެކްޓަރުގެ ބިން އެރަށުން ހިއްކައެވެ.
އްދޫ ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކުރައްވައެވެ. ޓްރެއިން ސަކްޝަން ހޮޕަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.
ދިއްދޫގައި ރަޖިސްޓްރީވެފައިވާ އާބާދީއަކީ 5000 ނަމަވެސް، ރަށުގައި ތަޢުލީމާއި ޞިއްޙީ ފަރުވާފަދަ ބޭނުންތަކަށް އެރަށަށް ހިޖުރަކޮށް ދިރިއުޅޭ މީހުންނާއެކު ރަށުގައި ދިރިއުޅޭ އާބާދީ 7000އަށް އަރައެވެ. ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށާއި ސަރަޙައްދުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

"ވެލާނާ އެވޯޑްސް" ގެ ނަމުގައި ހާއްސަ އެވޯޑެއް!
11 ގަޑިއިރު ކުރިން

ތ.އޮޅުފުށި ބޭރުގައި ވަދު ކަނދުފައްޗެއް ގާއިމްކޮށްފި
11 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން ދެމީހަކު ހައްޔަރުކޮށްފި
13 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި މާވަށުން މީހަކު ހައްޔަރުކޮށްފި
13 ގަޑިއިރު ކުރިން


