logo

"ވެލާނާ އެވޯޑްސް" ގެ ނަމުގައި ހާއްސަ އެވޯޑެއް!

profile

ރިޟްވާން މޫސާ - 08 ފެބްރުއަރީ 2026 - 11:29

ވެލާނާ އެވޯޑުގެ ނަމުގައި ހާއްސަ އެވޯޑެއް ދޭން ނިންމައިފި އެވެ.

https://wamco.com.mv/

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭ މި އެވޯޑް ދެނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.

އެވޯޑުދޭ ދާއިރާތަކަކީ ފަސެންޖާ އެވޯޑްސްއާއި ކާގޯ އެވޯޑްގެ އިތުރުން ލައުންޖް އެވޯޑްސްއެވެ.

އެމްއޭސީއެލް އިން ވަނީ މި ފަހަރުގެ އެވޯޑްގައި 3 ދާއިރާއަކުން 22 އެވޯޑް ދިނުމަށް ނިންމާފައެވެ.

މީގެއިތުރުން އަހަރުގެ އެންމެ ކާމިޔާބު އެއާލައިން ފާހަގަކޮށް އެ އެއާލައިނަށް ހާއްސަ އެވޯޑެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ދޭ މި އެވޯޑް ދިނުން އޮންނާނީ މި އަހަރުގެ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay