logo

ރަޝިއާގެ ވަރުގަދަ ހަމަލާތަކެއް ޔުކްރެއިންއަށް

profile

ރިޟްވާން މޫސާ - 08 ފެބްރުއަރީ 2026 - 11:29

ރަޝިއާ އިން ވަރުގަދަ ހަމަލާތަކެއް ޔުކްރެއިންއަށް ދީފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.

https://wamco.com.mv/

ރަޝިޔާ އިން އިއްޔެ ވަނީ ޔޫކްރެއިންނަށް އަމާޒުކޮށް 400 އަށް ވުރެ ގިނަ ޑޮރޯންއާއި 40 ވަރަކަށް ބަލިސްޓިކް މިސައިލް ބޭނުންކޮށްގެން ބޮޑެތި ހަމަލާތަކެއް ފޮނުވާލާފަ އެވެ.

ރަޝިއާއިން އިއްޔެގެ ހަމަލާ އަމާޒުކޮށްފައިވަނީ ޔޫކްރެއިންގެ ހަކަތައިގެ މަރުކަޒުތަކަށާއި ހަކަތައިގެ ވަސީލަތްތަކަށެވެ.

ހަމަލާ ތަކާއި ގުޅިގެން ޔޫކްރެއިނުން ބުނީ މިއީ ހަނގުރާމަ ހުއްޓުވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ޕްލޭންގެ ރޫހާ މުޅިން ޚިލާފު ހަމަލާތަކެއް ކަމަށެވެ.

ޔުކްރެއިންގެ ރައީސް ވްލަޑިމިޔަރ ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމާއި މަޝްވަރާގެ އުސޫލުތައް ދޫކޮށްލުމަށްފަހު ރަޝިޔާއިން ކޮންމެ ދުވަހަކު ޚިޔާރުކުރަނީ ޔުކްރެއިންނަށް ބޮޑެތި ގެއްލުންތަކެއް ދީ ހަނގުރާމަ ފުޅާ ކުރުމަށް ކަމަށެވެ.

ޒެލެންސްކީ ވިދާޅުވިގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވަނީ ހަމަލާތައް ހުއްޓާލައި ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ. މިގޮތުން މި އަހަރުގެ ހޫނު މޫސުން ފެށުމުގެ ކުރިން ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވިގޮތުގައި ޔުކްރެއިން ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް ޒެލެންސްކީ ގެންދަ ވަނީ މަކަރު ހައްދަވަމުންނެވެ. ޓްރަމްޕްގެ ޕްލޭން ގަބޫލުކުރާކަމަށް ޒެލެންސްކީ ވިދާޅުވެފައި އޭނާ އަމަލުކުރައްވަނީ އެއާ ޚިލާފަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay