logo

ދިވެހިންނަށް ސީރިޔާ އަށް ދިއުން ހުއްދަކޮށްފި

profile

ރިޟްވާން މޫސާ - 08 ފެބްރުއަރީ 2026 - 11:29

ސީރިއާއަކީ ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތްއޮތުން އުވާލައި އަދި ސީރިއާގައި ވެރިކަންކުރާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތް ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އެންމެފަހުން އުނިކޮށްފި އެވެ

https://wamco.com.mv/

ދަތުރުކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ސީރިއާ އެންމެ ފުރަތަމަ ކަނޑައެޅީ 31 އޮކްޓޯބަރު 2019ގަ އެވެ.

ދިވެހިންނެ ތެރޭގައި ވެސް ސީރިޔާ އަކީ ހަނގުރާމަ ހިންގައި ނުވަތަ ޖިހާދަށް ދިއުމަށް އޮންނަ ތަނެއްގެ ގޮތުގައި ވަނީ ސިފަ ކުރެވިފަ އެވެ.

ދިވެހި ސަރުކާރުން މި ބަދަލު ގެނައީ، އެމެރިކާ ހިމެނޭހެން ދުނިޔޭގެ ގިނަ ގައުމުތަކުން ސީރިއާގެ މިހާރުގެ ވެރިކަން ބަލައިގަންނަ ފަދަ މޭރުމަކުން ނިންމުންތައް ނިންމަމުން ދާ ދަނޑިވަޅެއްގަ އެވެ.

މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން، މިހާރު އެ ގައުމުގައި ވެރިކަން ކުރާ އެޗްޓީއެސް ވަނީ ނަގައިފަ އެވެ.

ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނި ކުރިއިރު، އެމެރިކާ އާއި ގިނަ ގައުމުތަކުން ވެސް ވަނީ ހަނގުރާމަވެރި ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް ނަގައިފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay