
ތ.އޮޅުފުށި ބޭރުގައި ވަދު ކަނދުފައްޗެއް ގާއިމްކޮށްފި

ޝަހްޒާ މުޙައްމަދު - 08 ފެބްރުއަރީ 2026 - 11:29
ތ.އޮޅުފުށި ހުޅަނގު ދެކުނުން 4 މޭލު ބޭރުގައި މިއަދު ވަދު ކަނދުފަތި ޤާއިމްކޮށްފިއެވެ.
މި ވަދު ކަނދުފަތީގެ ނަންބަރަކީ L08V01 އެވެ.
މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުން ކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުންޏެވެ. މި ވަދު ކަނދުފަތި ޤާއިމްކުރުމުން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދިޔަ ފަސޭހައެއްކަމަށް ވެސް އެ މިނިސްޓްރީއިން ބުންޏެވެ.
ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުންގެންދާ މުހިންމު މަސައްކަތެކެވެ.
މީގެއިތުރުން ކުރިއަށް އޮތް ތަނުގައި އިތުރު ކަނދުފަތިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން ދެމީހަކު ހައްޔަރުކޮށްފި
13 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި މާވަށުން މީހަކު ހައްޔަރުކޮށްފި
13 ގަޑިއިރު ކުރިން

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
13 ގަޑިއިރު ކުރިން

ތުއްތުކުދިންގެ ފޯމިއުލާ 'ބޭބީބަޔޯ' އިން ވިހަ މާއްދާއެއް ފެނިގެން މަނާކޮށްފި
17 ގަޑިއިރު ކުރިން


