
ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މެޓް އޮފީސް

މުޙައްމަދު ފަޟްލޫން - 15 އޭޕްރީލު 2026 - 06:28
ހުކުރުދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ.
ހުކުރު ދުވަހުން ފެށިގެން ވާރޭވެހުން މަދުވެ މޫސުން ރަނގަޅުވާން ފަށާނެއެވެ. ނަމަވެސް، ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރުމާއެކު، ވަޔާއި ކަނޑުތައް ކޮންމެވެސް ވަރަކަށް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެއެވެ. ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ކޮންމެވެސް ވަރަކަށް ގަދަވާނެއެވެ.
މިއީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ، ވާރޭވެހުނު ކަމުގައިވިޔަސް އިހުސާސްކުރެވޭ ހޫނުމިން މަތިވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މޫސުން ގޯސްދުވަސްވަރު ކަނޑުދަތުރު ކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން ދަނީ އިލްތިމާސްކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޑިފެންސް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް އަށް ރައީސް ބަދަލުކުރައްވައިފި
4 ގަޑިއިރު ކުރިން

ރައީސް އޮފީހުގެ ޗީފް ގަވަރމަންޓް ސްޕޯކްސްޕާސަން ކަމަށް މުހައްމަދު ހުސައިން ޝަރީފް އައްޔަނުކޮށްފި
4 ގަޑިއިރު ކުރިން

17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި
4 ގަޑިއިރު ކުރިން

ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާ އަށް އަރައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)