logo

މެލޭޝިޔާ ކައިރިން 130 މިލިޔަން ޑޮލަރުގެ ތެޔޮ އަތުލައިގަނެފި

profile

ރިޟްވާން މޫސާ - 01 ފެބްރުއަރީ 2026 - 18:50

މެލޭޝިއާގެ އައްސޭރި ފަށުގެ ސަރަހައްދަކުން 130 މިލިއަން ޑޮލަރުގެ ތެޔޮ އަތުލައިގެންފި އެވެ.

https://wamco.com.mv/

މެލޭޝިޔާގެ އައްސޭރިފަށުގެ ސަރަޙައްދެއްގައި ނުޤަވާޢިދުން އެއް އުޅަނދުން އެހެން އުޅަނދަކަށް ސާފުނުކުރާ ތެޔޮ ބަރުކުރަމުން ދަނިކޮށް، އެ ކަން ހުއްޓުވައި، ތެޔޮ ވަނީ އަތުލައިގެންފަ އެވެ.

މެލޭޝިޔާގެ ކަނޑު ދަތުރުފަތުރާ ބެހޭ އިދާރާ، މެރިޓައިމް އެންފޯސްމެންޓް އޭޖެންސީން ބުނީ، އެ އިދާރާއިން އަތުލައިގަނެފައިވާ ތެލުގެ އަގު 129.9 މިލިޔަން އެމެރިކާ ޑޮލަރަށް އަރާ ކަމުގައެވެ. އެއީ، ކޮން ޤައުމަކުން ބޭރު ކޮށްފައިވާ ތެލެއް ކަން އެ އިދާރާއިން ސާފުކޮށްދީފައެއް ނުވެއެވެ.

މެލޭޝިޔާގެ އިދާރާއިން ބުނީ، އެއް އުޅަނދުން އަނެއް އުޅަނދަށް ތެޔޮ ބަރުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ޕިނާންގްގެ މުޑާ ހެޑް ކިޔާ ސަރަޙައްދެއްގެ ހުޅަނގުން 24 ނޯޓިކަލް މޭރު ބޭރުން ކަމުގައެވެ.

ތެޔޮ ބަރުކުރުން ހުއްޓުވައި މެލޭޝިޔާގެ އިދާރާއިން ހިފަހައްޓާފައިވާ ދެ ތެޔޮ ޓޭންކަރުގައި 53 ފަޅުވެރިން ތިބި ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay