
ޕީކް ސީޒަނަށް ސްޓެލްކޯއިން 12 ރަށަކަށް ޖެން ސެޓު ފޮނުވައިފި

ޝަހްޒާ މުޙައްމަދު - 19 ފެބްރުއަރީ 2026 - 15:01
ޕީކް ސީޒަނަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން 12 ރަށަކަށް ޖެން ސެޓު ފޮނުވައިފިއެވެ.
ސްޓެލްކޯއިން ބުޏީ އަލަށް ޖެން ސެޓު ފޮނުވި 12 ރަށުގެ ތެރެއިން 5 ރަށުގައި މިހާރު އިންޖީނު ބަހައްޓާ ޚިދުމަތްދޭން ފަށާފައިވާ ކަމަށެވެ.
ޖެން ސެޓު ބަަހައްޓައި ޚިދުމަތްދޭން ފަށާފައިވަނީ އއ.ރަސްދޫ ، ކ.ތުލުސްދޫ ، އދ. މަހިބަދޫ ، އދ ދިގުރަށް ، އަދި ކ.ގުޅީ ގައި ކަމަށް ސެޓެލްކޯ އިން މައުލޫމާތު ދެއްވައެވެ. ސްޓެލްކޯއިން ބުނީ ޖެންސެޓު ފޮނުވާފައިވާ އިތުރު ރަށްތަކުގައިވެސް ޚިދުމަތްދޭން ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.
އެންމެފަހުން ޖެންސެޓު ބަހައްޓާ ޚިދުމަތްދޭން ފަށާފައިވަނީ ކ. ގުޅީގައެވެ. ސްޓެލްކޯއިން ބުނީ މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގުޅިއަށް އަލަށް ގެންދިޔަ 800 ކިލޯވޮޓުގެ އިންޖީނު އެރަށުގައި ބަހައްޓައި، އެ އިންޖީނުން ރަށަށް ހިދުމަތްދޭން ފަށާފައިވާ ކަމަށެވެ.
ގުޅިގައި ގާއިމުކުރެވިގެނ ދިޔަ މި އާ ޖެންސެޓް އިންޖީނާއެކު ގުޅީގެ ޕަވަރ ޖަނަރޭޝަން ކެޕޭސިޓީ ނުވަތަ ކަރަންޓު އުފެއްދޭ މިންވަރު ވަނީ 1904 ކިލޯވޮޓަށް އިތުރުކުރެވިފައެވެ
ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް ގެންދެވުނު 1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިދިޔަ މަހުގެތެރޭ ވަނީ ބޭނުން ކުރަން ފަށާފައެވެ. މިއާއެކު، ވިލިމާލޭގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރެވި، އެ ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވުމާއެކު، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.
ޕީކް ސީސަނަށް ތައްޔާރުވުމަށް މިކުރެވޭ މަސައްކަތުގެ ސަބަބުން ރައްޔިތުންނަށާއި ވިޔަފާރިތަކަށް މެދުކެނޑުމެއްނެތި އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.





(1).webp&w=3840&q=75)
.gif&w=3840&q=75)