(1).webp&w=3840&q=75)
ރަމަޟާން މަހު ވެސް ލޭ ހަދިޔާކުރުމަށް އެމްބީއެސްއިން އެދޭ

ޝަހްޒާ މުޙައްމަދު - 19 ފެބްރުއަރީ 2026 - 14:42
ބައެއް ގްރޫޕްތަކުގެ ލޭ ލިބުމުގެ ދަތިކަން އަދިވެސް އޮޮތުމާއި ގުޅިގެން މި ރަމަޟާން މަހުވެސް ލޭ ހަދިޔާ ކުރުމަށް މޯލްޑިވްސް ބްލަޑް ސަރވިސަސްއިން އިލްތިމާސްކޮށްފިއެވެ.
ތެލަސީމިއާ މީހުންނާއި ކުދިންނަށް ބޭނުންވާ ލޭ ލިބުން ދަތިވެ، ލޭ ހަދިޔާކުރަން ގޮވާލުމާއެކު ދާދިފަހުން އެކި މުއައްސަސާތަކުން ވަނީ ލޭ ހަދިޔާކުރުމަށް ބްލަޑް ޑޮނޭޝަން ކޭމްޕްތަކެއް ބާއްވާފައެވެ. މޯލްޑިވްސް ބަލަޑް ސަރވިސަސްއިން ބުނެފައިވަނީ، ބްލަޑް ޑޮނޭޝަން ކޭމްޕްތައް ބޭއްވިަނމަވެސް އަދިވެސް ބައެއް ގްރޫޕް ތަކުގެ ލޭ ހުރި މިންވަރު މަދުކަމަށެވެ. އެގޮތުން ބީ- ނެގަޓިވް، އޭ- ނެގަޓިވް އަދި އޭބީ ނެގެޓިވް ލޭ ލިބުމުގެ ދަތިކަން ކުރިމަތިވާކަމަށް އެމްބީއެސްއިން ބުންޏެވެ.
ބްލަޑް ކޭމްޕްތަކުގެ އަދަދު ގިނަ ނަމަވެސް އެކޭމްޕްތަކުގައި ބާއިވެރިވާ ފަރާތްތަކުގެ އަދަދު މަދުކަމަށާއި އަބަދުވެސް ލިބުން ދަތި ގްރޫޕްތަކުގެ ލޭ މަދުވުމާއެކު، ކުއްލިއަކަށް ލޭ ބޭނުންވާ ހާލަތްތަކުގައި އިތުރު ދަތިތަކެއް ކުރިމަތިވެދާނެކަމަށް އެމްބީއެސްއިން ބުންޏެވެ.
ރަމަޟާން މަސްތެރޭ ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން އެމްބީއެސް އަދި އައިޖީއެމްއެޗްއަށް ހެނދުނު 09:00 އާއި 11:30އާ ދެމެދު އަދި ރޭގަނޑު 20:00އިން ދަންވަރު 01:00ގެ ދެމެދު ލޭ ހަދިޔާ ކުރެވޭނެކަމަށް އެމްބީއެސްއިން ވަނީ ބުނެފައެވެ. ހަމައެއާއެކު، ލޭ ހަދިޔާ ކުރަން ދިއުމުގެ ކުރިން ހޮޓްލައިން، 9890991 އަށް ގުޅައި މަޢުލޫމާތު ސާފުކުރުމަށް އެމްބީއެސްއިން އިލްތިމާސް ކުރެއްވިއެވެ. ތެލްސީމިއާ ފަރާތްތަކަށް ލޭ ހަދިޔާ ކުރާނަމަ، އެކަން ލޭ ހަދިޔާ ކުރާ މަރުކަޒުގައި ތިއްބަވާ މުވައްޒަފުންނަށް އަންގާލުންމަށްވެސް އެސަރވިސަސްއިން ވަނީ އެދިފައެވެ.






.gif&w=3840&q=75)