logo

ބަޖެޓްގައި ފައިސާ ނެތި އެޑްވާންސްކޮށް މަޝްރޫއުތައް ހިންގަން އެމްޑީޕީ އިން ފައިސާ ދޫކޮށްފައިވޭ: ޝުޖާއު

profile

މުޙައްމަދު ފަޟްލޫން - 15 އޭޕްރީލު 2026 - 06:27

ބަޖެޓްގައި ފައިސާ ނެތި އެޑްވާންސްކޮށް މަޝްރޫއުތައް ހިންގަން އެމްޑީޕީ އިން ފައިސާ ދޫކޮށްފައިވާ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މަޖިލީހުގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެސްއޯއީ ތައް މެދުވެރިކޮށް ބަޖެޓްގައި ނެތް ފައިސާ މަޝްރޫއުތައް ހިންގަން އެޑްވާންސްކޮށް އަމިއްލަ ކުންފުނިތަކަށް ބަހާލާފައިވާ ކަަަމަށެވެ. އެގޮތުން ފެނަކަ އާއި އާރުޑީސީ އަށް ބަލައިލި ނަމަވެސް މަސައްކަތް ނުފަށަނީސް ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ސަރުކާުރުން 8 ބިލިއަން ރުފިޔާ 4 އަހަރު ދުވަހުން ޗާޕްކޮށް ބާޒާރަށް ނެރުނު ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ޗާޕް ކުރާ ފައިސާ އަކީ ޓޮޕްއަޕް ކުރަން ކުރާ ކަމެއް ކަމަށް ބުނެ ދިގު މުއްދަތުގެ ބޮންޑަކަށް ހަދާފައި ދައުރުކުރަން ގައުމުގެ މާލިއްޔަތުގެ ތެެރެއަށް ދޫކޮށްލީ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޗާޕްކުރި 8 ބިލިއަން ރުފިޔާ 50 އަހަރަށް ރައްޔިތުންގެ ބޮލުގައި އަޅުވައި ދައުރުކުރަން މާލިއްޔާގެ ތެރެއަށް ދޫކޮށްލީ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕް ކުރުމަށްފަހު އެކަން ކުރީ ކޮވިޑް 19 ގެ ދަތި ހާލަތުން އަރައިގަނެ އެހާލަތު މެނޭޖްކުރަން ކަމަށް ބުނަމުންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް ކޮވިޑަށް ދުނިޔޭގެ ގައުމުތަކުން އެހީގެ ގޮތުގައި 7 ބިލިއަން ދިވެހި ދައުލަތަށް އޭރު ދިން ނަމަވެސް އެމްޑީޕީ އިން އެހުރިހާ ފައިސާ ކާލީ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk