logo
އެލައިޑް އިންޝުއަރަންސްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުން

އެލައިޑް އިންޝުއަރަންސްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުން

އެލައިޑް އިންޝިއުރެންސްގެ 41 ވަނަ އަހަރީދުވަސް ފާޙަގަކޮށްފި

profile

މުޙައްމަދު ފަޟްލޫން - 01 ފެބްރުއަރީ 2026 - 09:27

އެލައިޑް އިންޝުއަރަންސްގެ 41 ވަނަ އަހަރީ ދުވަސް އެކުންފުނިން ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ.

https://wamco.com.mv/

އަހަރީ ދުވަހާއި ގުޅިގެން އެލައިޑުން ވަނީ 2025 ވަނަ އަހަރު ކުންފުނިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލައި، ކުރިއަށް އޮތް 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތައް އާއްމުންނާއި ހިއްސާކޮށްފައެވެ.

ކުންފުނީގެ ޚިދުމަތަށް 40 އަހަރު ފުރުނު 2025 ވަނަ އަހަރަކީ، މުޖުތަމައަށް ފައިދާހުރި، ދެމެހެއްޓެނިވި އަދި ކޯޕަރޭޓް ޕާޓްނާޝިޕްގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ ހަރަކާތްތަކެއް ހިންގުނު ކާމިޔާބު އަހަރެކެވެ.

އެގޮތުން، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް އަމާޒުކޮށް ހިންގި ޑައިވް 40 އިނީޝިއޭޓިވް އާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ރައްކާ ކެމްޕޭން ހިމެނެއެވެ.

މީގެ އިތުރުން، މާލީ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފެމިލީ ތަކާފުލް ޕްލޭންތަކަށް އަހުލުވެރިކުރުވުމަށް ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި އެލައިޑް ފެސްޓް 2025 ގެ ނަމުގައި ސިލްސިލާ ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ.

ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން އެލައިޑް ބައިސްކަލު ރޭސް ވެސް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެލައިޑުން ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ އެކި ކޯޕަރޭޓް ޕްލެޓްފޯމްތަކާ ގުޅިގެން ކުންފުނީގެ ދައުރު އިތުރަށް ފުޅާކޮށްފައެވެ.

އޭގެ ތެރޭގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީ.ޓީ.އެމް)، ބިޒްވީކް، ސީ.އީ.އޯ ސަމިޓް، މޯލްޑިވްސް ޓެކްސް ފޯރަމް، މެރިން އިންޑަސްޓްރީ ފޯރަމް، މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް، މޯލްޑިވްސް މެރިން އެކްސްޕޯ އަދި މޯލްޑިވްސް ލިވިންގ އެކްސްޕޯ ފަދަ ޝަރަފުވެރި ޕްލެޓްފޯމްތައް ހިމެނެއެވެ.

41 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެލައިޑުން ވަނީ ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސް ގެ ނަމުގައި ޕްރޮމޯޝަނެއް ތައާރަފްކޮށްފައެވެ.

މި ޕްރޮމޯޝަންގައި 25 އިންސައްތައިގެ ހާއްސަ ޑިސްކައުންޓެއް އޮންލައިންކޮށް މޮޓޯ ކޮމްޕްރިހެންސިވް ނަގާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެލައިޑުން ވަނީ ބުނެފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ޕޮލިސީ ފުރަތަމަ ނަންގަވާ 41 ބޭފުޅުންނަށް ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

އެލައިޑްގެ 41 ވަނަ އަހަރީ ދުވަހާއި ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ރައްކާ ކެމްޕޭން މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންނާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ލުވައިޒެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އިސްމާޢީލް ނަވީނެވެ

މިމަސައްކަތަކީ، މަގުމަތީގެ ރައްކާތެރިކަމާއި މުޖުތަމައުގެ ލާބައަށް މި ކުންފުނިން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ މަސައްކަތެއް ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay