logo

ދިވެހި ކަނޑުން ގެއްލުނު ބައި ހޯދަން ބޭރުގެ ވަކީލުންނާ ހަވާލުކުރަނީ

profile

މުހައްމަދު މުޝްރިފް - 08 މޭ 2026 - 08:11

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލަ ކުރިއަށް ގެންދަން ބައިނަލްއަޤްވާމީ ވަކީލުންނާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެެއްޖެއެވެ.

https://wamco.com.mv/

މިމައްސަލައިގެ ކަން ހިނގާފައިވާ ގޮތް ބެލުމަށް ބައިނަލްއަޤްވާމީ ޤާނޫނީ ޓީމެއް އެކުލަވާލާއި ދިރާސާ ކޮށްފައިވާވައިރު، މިމައްސަލަ ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމުގެ އަދާހަމަ ހާމަކުރައްވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މިމައްސަލާގައި އެކުލަވާލި ޓީމުން ހެދި ދިރާސާ ކެބިނެޓަށް ހުށަހަޅައި، އެކަމުގައި ކެބިނެޓުން ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން ނިންމަވާފައިވަނީ ވަނީ މިމައްސަލަ ބައިނަލްއަޤްވާމީ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށެވެ. ބަނޑާރަ ނައިބު ވިދާޅުވީ މައްސަލަ ބައިނަލްއަޤްވާމީ ޤާނޫނީ ޓީމަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ސަރުކާރުން ވަނީ މިމައްސަލަ އަލުން ބައިނަލްއަޤްވާމީ އިދާރާތަކަށް ހުށަހަޅައިގެން މިހާރު ކާމިޔާބު ކުރުމަށް އުނދަގޫވާނެ ކަމަށާއި، ނަމަވެސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ކުރީ ސަރުކާރުން އެކަން ކޮށްފައިވަނީ ޤާނޫނާއި ޚިލާފު ސިޓީއެއް މެދުވެރިކޮށްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރީގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވާފައިވާ ސިޓީ ވަނީ މިދިޔަ ފެބްރުއަރީ މަހު އަނބުރާ ގެންދަވާފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ގެއްލިގެން ދިޔައީ ނިމިދިޔަ ސަރުކާރުން އެ މައްސަލާގައި ޢަމަލުކޮށްފައިވާ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިމައްސަލަ ނިމިގެ ދިޔައިރު ރާއްޖެއަށް ކަނޑުގެ ސަރަހައްދު ގެއްލި އެކަމުގައި 37 މިލިޔަން ރުފިޔާ ހޭދަވެފައިވާ ސަރުކާރުން ވިދާޅުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk