
ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް "ޓްރޭޑިއަން" އަށް އިތުރު 3 ޚިދުމަތެއް

މުހައްމަދު މުޝްރިފް - 08 މޭ 2026 - 08:08
ދިވެހިރާއްޖޭގެ ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް "ޓްރޭޑިއަން" އަށް އިތުރު ޚިދުމަތްތަކެއް ތަޢާރަފުކުރުމަށް ނިންމައިފިއެވެ.
އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، 10 މޭ 2026 އިން ފެށިގެން، ވެސަލް ޑިކްލަރޭޝަނާއި، ފަޔަރވޯކްސް އިމްޕޯޓް ޕަރމިޓް، އަދި ފްލެއަރ އިމްޕޯޓް ޕަރމިޓަށް އެދުމުގެ ޚިދުމަތް މި ޕްލެޓްފޯމް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާ އެއްގޮތަށް، އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ހުރިހާ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ޓްރޭޑިއަން ޕްލެޓްފޯމްގެ ފުރަތަމަ ފިޔަވަހި ޢަމަލީގޮތުން ބޭނުންކުރަން ފަށާފައިވަނީ 20 އޭޕްރީލް 2025 ގައެވެ. މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ ބައިނަލްއަޤްވާމީ ވިޔަފާރިއާއި އުޅަނދުފަހަރުގެ ކްލިއަރެންސް މަސައްކަތްތަކުގައި ބައިވެރިވާ އެކި އިދާރާތައް އެއް ވިއުގައަކުން ގުޅާލައި، އެ މަސައްކަތްތައް ލުއިފަސޭހަކޮށް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އަވަސްކުރުންކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކުރައްވާފަ އެވެ.
އަލަށް ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ މި ޚިދުމަތްތައް އަންނަ އާދިއްތަ ދުވަހު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް، މި ބަދަލަށް ކަސްޓަމަރުންނާއި ކަމާ ގުޅުންހުރި ފަރާތްތައް އަހުލުވެރިވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، 10 ޖޫން 2026 އާ ހަމައަށް މިހާރު ބޭނުންކުރަމުންދާ ވަޞީލަތްތަކުގެ އިތުރުން ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ވެސް ޚިދުމަތަށް އެދުމުގެ ފުރުޞަތު އޮންނާނެކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
އަދި 11 ޖޫން 2026 އިން ފެށިގެން ވެސަލް ޑިކްލަރޭޝަނާއި، ފަޔަރވޯކްސް އިމްޕޯޓް ޕަރމިޓް އަދި ފްލެއަރ އިމްޕޯޓް ޕަރމިޓަށް އެދޭ ހުރިހާ އެޕްލިކޭޝަނެއް ބަލައިގަންނާނީ ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހި ކަނޑުން ގެއްލުނު ބައި ހޯދަން ބޭރުގެ ވަކީލުންނާ ހަވާލުކުރަނީ
3 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
3 ގަޑިއިރު ކުރިން

މެރިޓައިމް އާއި ގުޅޭ އެއްބަސްވުމެއްގައި އޮސްޓްރޭލިއާއެކު ސޮއިކޮށްފި
3 ގަޑިއިރު ކުރިން

ރަވާފް މިނާއާއި ޙައްޖު މިޝަނުން ބައްދަލުކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)