
ރަވާފް މިނާއާއި ޙައްޖު މިޝަނުން ބައްދަލުކޮށްފި

މުހައްމަދު މުޝްރިފް - 08 މޭ 2026 - 08:10
ޙައްޖުގެ ކަންކަމުގައި ސަޢުދީގެ ރާއްޖޭގެ އެޖެންޓް ރަވާފް މިނާއާއި ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ބައްދަލުކޮށްފި އެވެ.
މި ބައްދަލުވުމުގައި ދިވެހި ޙައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެކަމަށް ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސައުދީގެ ރާއްޖޭގެ އެޖެންޓް، ރަވާފް މިނާއިން ވަނީ ބުނެފައެވެ.
މި ބައްދަލުވުމުގައި ރަވާފް މިނާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސީއީއޯ ޒުހައިރް ޢަބްދުލް ޙާމިދް ސަދަޔޯ އެވެ. ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނީ ރާއްޖެއިން މައްކާގައި ޙައްޖުވެރިންނަށް ޚިދުމަތް ދެއްވުމަށް ޤާއިމުކުރާ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސް އެވެ. އަދި މިޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ކޮންމެ ޙާޖީއެއްގެ ދަތުރު ފަސޭހަކޮށްދީ، މަގު ދައްކައިދޭ ޚާއްޞަ އެހީތެރިންނަކީ މުޠައްވިފުން ނެވެ. ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ ވުޒާރާއިން ދިވެހި ރާއްޖެއަށް ކަނޑައަޅާފައިވާ އެެޖެންޓަކީ ރަވާފް މިނާ އެވެ.
މި ބައްދަލުވުމުގައި ދިވެހި ހައްޖާޖީންނަށް ޚިދުމަތްތައް ދިނުމަށް މިހާތަނަށް ކުރިއަށްގެންދެވުނު މަސައްކަތްތަކާއި ޙާޖީން މައްކާއަށް އަންނަ ދުވަސްތަކަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ. އަދި އެންމެހާ މަޝާއިރުތަކުގެ އިންތިޒާމްތަކާގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހި ކަނޑުން ގެއްލުނު ބައި ހޯދަން ބޭރުގެ ވަކީލުންނާ ހަވާލުކުރަނީ
3 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
3 ގަޑިއިރު ކުރިން

މެރިޓައިމް އާއި ގުޅޭ އެއްބަސްވުމެއްގައި އޮސްޓްރޭލިއާއެކު ސޮއިކޮށްފި
3 ގަޑިއިރު ކުރިން

ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް "ޓްރޭޑިއަން" އަށް އިތުރު 3 ޚިދުމަތެއް
3 ގަޑިއިރު ކުރިން


.gif&w=3840&q=75)