
ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ ސެޓްފިކެޓް ހަވާލުކުރުން / ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ ސެޓްފިކެޓް ހަވާލުކޮށްފި

އައިޝަތު އިބްރާހިމް - 25 އޮކްޓޯބަރު 2025 - 04:29
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ފެކަލްޓީ (އެފް.އެޗް.ޓީ.އެސް.) ގުޅިގެން ކުރިއަށްގެންދިޔަ ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ބަދަލުތަކާބެހޭ ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ޒުވާނުންގެ ހިޔާލުތަކަށް ބާރު އެޅުމުގެ ގޮތުންނެވެ.
މި ރަސްމިއްޔާތުގައި، މުބާރާތުން ވަނަތައް ހާސިލުކުރި ފަރާތްތައް އިޢުލާނުކުރެވި، އެ ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފައިވާ ކަމުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މުބާރާތުގައި ބައިވެރިވި ފަރާތްތަކުން ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތަކަށް ކުރިއެރުވުމަށްޓަކައި، ތިމާވެށި ރައްކާތެރިކުރުމާއި، ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމުގެ މުހިންމުކަން ރަނގަޅަށް ދައްކުވައިދޭ ތަފާތު ޕޯސްޓަރުތައް ހުށަހަޅާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޠާރިޤް ވަނީ، ފަތުރުވެރިކަމުގެ ސިނާއަތަށް ފަންނީ، ސިނާއަތަށް ތައްޔާރު ޒުވާނުން ބިނާކުރުމުގައި އެފް.އެޗް.ޓީ.އެސް. އިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ގާއިމުކުރުމަށް، މިފަދަ ހުނަރުވެރި ޒުވާނުންނަކީ މުހިންމު ބައެއްކަމަށާއި، މި ސިނާއަތުގެ ކުރިއެރުމަށް އެފް.އެޗް.ޓީ.އެސް. އިން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރުން އީރާނާއެކު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް ނިންމައިފި
3 އަހަރު ކުރިން

ރާއްޖެ މިދަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ދިމާލަށް - އަމްރު
2 އަހަރު ކުރިން

އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު!
2 އަހަރު ކުރިން

ރާއްޖެއަށް ގެންނަ އިގްތިސާދީ އިސްލާހި އެޖެންޑާއަށް އިތުބާރު އެބައޮތް: އައިއެމްއެފް
2 އަހަރު ކުރިން


