
ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީގެ ޑިފެންޑަރ ވެއިގާ ޔުވެންޓަސްއަށް

މުހައްމަދު ޞާދިޤް - 28 ޖެނުއަރީ 2025 - 06:41
ލޯން އެއްބްސްވުމެއްގެ ދަށުން ޗެލްސީގެ ޑިފެންޑަރ ރެނާޓޯ ވެއިގާ އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވެއްޖެއެވެ.
މަޢުލޫމާތު ލިބޭގޮތުގައި ވެއިގާ ޔުވެންޓަސްއަށް ދޫކުރީ މިސީޒަންގެ ނިޔަލަށެވެ. ސްވިޓްޒަލެންޑްގެ ބަސެލްއިން ޗެލްސީއަށް 21 އަހަރުގެ ވެއިގާ ބަދަލުވީ 11 މިލިއަން ޕައުންޑަށެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި އޭނާ ކުޅެފައިވަނީ އެންމެ މެޗެކެވެ. ޕޯޗްގަލްގެ މި ކުޅުންތެރިޔާގެ ޓްރާންސްފަރ ފީގެ ގޮތުގައި ދައްކަންޖެހޭ 3 މިލިއަން ޕައުންޑް ޗެލްސީއަށް ދެއްކުމަށް ޔުވެންޓަސްއިންވަނީ އެއްބަސްވެފައެވެ.
ޗެލްސީގައި އޭނާ ކުޅެންޖެހޭ މަޤާމުގެ ގޮތުން ކުޅުންތެރިޔާގެ ހިތްހަމަނުޖެހުމެއް އުޅޭކަމަށްވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ޗެލްސީގެ ކޯޗްވެސް ބުނެފައިވަނީ އެއް މަޤަމަކަށް އަބަދު ކުޅޭނަމަ ކުޅުންތެރިޔާއަށްވެސް އުނދަގޫތަކެއް ހުންނާނެ ކަމަށާއި، އެކަން އަމިއްލައަށް މެނޭޖެކުރަން އެނގެން ޖެހޭނެކަމަށެވެ.
ޔުވެންޓަސް މިވަގުތު އޮތީ ސެރީއާ ތާވަލްގެ 5 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ފަސޭހަކަމާއެކު ޕޯޓް ވޭލް ބަލިކޮށް ޗެލްސީ އިން އެފްއޭކަޕްގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
2 ދުވަސް ކުރިން

އަމިއްލަ ދަނޑުގައި ޗެލްސީ އަތުން އެވަޓަންއަށް ފަސޭހަ މޮޅެއް
16 ދުވަސް ކުރިން

ތަފާތުބޮޑު އެގްރިގޭޓް ނަތީޖާއަކުން ޗެލްސީ ބަލިކޮށް ޗެމްޕިއަން ޕީއެސްޖީ ކުއަޓާ ޔަގީންކޮށްފި
20 ދުވަސް ކުރިން

ނިއުކާސަލް އަތުން ބަލިވެ، ޗެލްސީ އިން ފުރުސަތު ނަގާލައިފި
23 ދުވަސް ކުރިން


.gif&w=3840&q=75)