
މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ ތޮއްޑޫއަށް ފަށަނީ
މޯލްޑިވިއަން އިން ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށަނީ

މުޙައްމަދު ފަޟްލޫން - 06 ޖެނުއަރީ 2026 - 09:53
މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑޫއަށް ފަށަން އެކުންފުނިން ނިންމައިފިއެވެ.
މޯލްޑިވިއަން އިން ބުނީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޝީޕްލޭން ދަތުރުތައް މާލެ އާއި ތޮއްޑޫ އާއި ދެމެދު ފަށާނެ ކަަމަށެވެ.
މި ހިދުމަތް ފަށަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޑިމާންޑް އިތުރަމުންދާތީއާއި، ރަށްރަށުގެ މެދުގައި ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިންނެވެ.
މިހާރު ޝެޑިއުލްވާ ގޮތުން، ސީޕްލޭން ދަތުރުތައް ކޮންމެ ހަފްތާއަކު ދެ ދުވަހު ކުރާނެކަމަށާއި، އެއީ ބުރާސްފަތިއާއި ހޮނިހިރު ދުވަހުތަކުގައިކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
މި ހިދުމަތް ފެށުމާއެކު ތޮއްޑޫގެ ފަތުރުވެރިކަން އިތުރަށް ފުޅާވެ، ގެސްޓްހައުސް ސިނާއަތާއި ކުދި ވިޔަފާރިތަކަށް ވަރަށް ކުރިއެރުން ލިބޭނެކަމަށް މޯލްޑިވިއަންއިން އުއްމީދު ކުރެވެއެވެ.





