
އެމްއެމްއޭގެ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

ރިޟްވާން މޫސާ - 16 ޖޫން 2026 - 05:52
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެމްއެމްއޭއިން ވަނީ ބެޗްލާސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީއަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.
5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެކަމަށް އެމްއެމްއޭއިން ހުޅުވާލި ސްކޯލާޝިޕަށް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ 30 ޖޫން ވަނަ ދުވަހުގެ 14:00 އެވެ
މި ސްކޮލަރޝިޕްއަށް ހޮވޭ ފަރާތްތަކަށް ޓިއުޝަން ފީއާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ޚަރަދުތައް ލިބޭނެއެވެ. އެމްއެމްއޭއިން ވިދާޅުވީ ޕްރޮގްރާމުގައި ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ޚަރަދާއި، ބުކް އެލަވަންސްއާއި، އެސްޓެބްލިޝްމަންޓް އެލަވަންސްއާއި، ޑިޕާޗަރ އެލަވަންސް ލިބޭނެކަމަށެވެ. އަދި ވިސާ ޚަރަދާއި، ހެލްތު އިންޝުއަރެންސް ލިބޭނެކަމަށެވެ.
އެމްއެމްއޭއިން ހުޅުވާލާފައިވާ ސްކޮޕަރޝިޕް ފުރުސަތުތައް:
* ބެޗްލަރ އޮފް އެކައުންޓިންގ، ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
* މާސްޓަރ އޮފް ލޯސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
* މާސްޓަރ އޮފް އިކޮނޮމިކްސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
* ޕީ.އެޗް.ޑީ، އިންސީފް ޔުނިވަރސިޓީ، މެލޭޝިޔާ
- ޕީ.އެޗް.ޑީ. އިން އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން)، ނުވަތަ
- ޕީ.އެޗް.ޑީ. އިން އިސްލާމިކް ފައިނޭންސް (ރިސަރޗް)، ނުވަތަ
- ޕީ.އެޗް.ޑީ. އިން އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް)
އެމްއެމްއޭ އިން ވަނީ މީގެ ކުރިން ވެސް މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް މިފަދަ ސްކޯލާޝިތްކަށް ހުޅުވާލާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން: ފަތުރުވެރިކަމާއިބެހޭ ވުޒާރާ
39 މިނިޓު ކުރިން

އިރާނާއި އެމެރިކާގެ އެއްބަސްވުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފި
39 މިނިޓު ކުރިން

ލޭ ހަދިޔާކުރެއްވެން އޮތް ކޮންމެ ބޭފުޅަކުވެސް ލޭ ހަދިޔާކުރެއްވުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި
3 ގަޑިއިރު ކުރިން

ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖަރުމަނުވިލާތަށް ފުރާވަޑައިގެންފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)