logo

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން: ފަތުރުވެރިކަމާއިބެހޭ ވުޒާރާ

profile

މުޙައްމަދު ފަޟްލޫން - 16 ޖޫން 2026 - 07:57

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން ކަމަށް ފަތުރުވެރިކަމާއިބެހޭ ވުޒާރާ އިން ބުނެފިއެވެ.

https://wamco.com.mv/

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޗައިނާ އިން މިއަހަރުގެ މިހާތަނަށް 154،823 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ޗައިނާގެ އިތުރުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝިޔާއިންނެވެ.

ރަޝިޔާއިން މިހާތަނަށް ރާއްޖެއަށް 137،267 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތުން 83،143 ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 999،344 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 4.9 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް ދުވާލަކަށް އެވްރެޖްކޮށް 4000 ފަތުރުވެރިން ޒިޔާރަތްކުރަމުންދާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އެތެރެވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭ މެދުވެރިކޮށެވެ.

ވީއައިއޭ މެދުވެރިކޮށް މިހާތަނަށް 972,238 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ވީއައޭގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން 3,969 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ނ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން 3,451 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް މިހާތަނަށް ރާއްޖެއަށް 2,245 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk