logo

އިރާނާއި އެމެރިކާގެ އެއްބަސްވުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފި

profile

މުޙައްމަދު ފަޟްލޫން - 16 ޖޫން 2026 - 07:57

އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ދެ ގައުމުގެ ދެމެދުގައި ހުރި މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަގުފަހިވާ ގޮތަށް އެކުލަވާލި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

https://wamco.com.mv/

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމާއެކު، ދެ ގައުމުގެ ދެމެދުގައި ހުރި މުހިންމު ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް އެމެރިކާ އާއި އީރާނުން އެއްބަސްވުމަކަށް އައުމަކީ އެ ސަރަހައްދުގެ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި އެއްބަސްވުމަކީ މެދުއިރުމައްޗާއި މުޅި ދުނިޔޭގެ މަސްލަހަތާއި، ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދެކެއެވެ.

ދެގައުމުގެ ދެމެދުގައި ހުރި ހިޔާލުތަފާތުވުންތައް ހައްލުކުރުމަށްޓަކައި މަޝްވަރާގެ މަގު އިހުތިޔާރުކޮށް، ސުލްހަވެރި ޑިޕްލޮމެޓިކް އުސޫލުތައް އިސްކުރުމުގައި ދެ ފަރާތުން ދެއްކެވި ހިތްވަރާއި ކެތްތެރިކަމަށް ރާއްޖެއިން ވަނީ ތައުރީފުކޮށްފައެވެ.

މީގެ އިތުރުން، މި މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައާއި ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރި ގައުމުތަކަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެގޮތުން ޕާކިސްތާނާއި، ގަތަރާއި، ގަލްފުގެ އެހެނިހެން ޤައުމުތަކުގެ އިތުރުން، ބައިނަލްއަޤުވާމީ ބައިވެރިން މިކަމުގައި ވެދެއްވި އެހީތެރިކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ހާއްސަގޮތެއްގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަކީ އަބަދުވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް، މަޝްވަރާގެ އުސޫލުން މައްސަލަތައް ހައްލުކުރުމަށް ތާއީދުކުރާ ގައުމެއްކަން ރާއްޖެއިން ވަނީ އަލުން ކަށަވަރުކޮށްދީފައެވެ.

ސަރަހައްދީ އިގްތިސާދީ ކުރިއެރުމަށާއި، ދެމެހެއްޓެނިވި ސުލްހައަށް އިތުރު މަގުތަކެއް އެއްބަސްވުމުގެ ސަބަބުން ހުޅުވިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ދިވެހިރާއްޖޭގެ ހާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޕާކިސްތާނުން މިހާރު ވަނީ އެމެރިކާ އާއި އީރާނާ ދެމެދު ކުރަމުން އައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.

ޕާކިސްތާނުން ރަސްމީކޮށް އިއުލާނު ކުރި ނަމަވެސް މި ދެ ގައުމުން ވެސް ހަނގުރާމަ ހުއްޓާލަން އަދި އެއްބަސްވެފައި ވަނީ އަނގަ ބަހުންނެވެ.

އެއްބަސްވުމުގައި ރަސްމީކޮށް ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ސުވިޒަލޭންޑުގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk