
މިއަހަރުގެ މިހާތަނަށް ގްރާންޓާއި ސަބްސިޑީގެ ގޮތުގައި 2.7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަަރަދުކޮށްފި: މާލީ ވުޒާރާ

އައިމިނަތު ޒައިބާ - 18 އޭޕްރީލު 2026 - 07:37
މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ގްރާންޓާއި ސަބްސިޑީގެ ގޮތުގައި 2.7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަަރަދުކޮށްފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8 އިންސައްތަ އިތުރު އަދަދެކެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި، މިއަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ބަޖެޓުން ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެ ގޮތުގައި ޖުމްލަ 2.7 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަންކަމަށް ޚަރަދުކޮށްފައިވަނީ 2.5 ބިލިޔަން ރުފިޔާއެވެ.
މި މުއްދަތުގެ ތެރޭގައި ސަބްސިޑީއަށް ކުރި ޚަރަދު އިތުރުވެފައިވީނަމަވެސް، ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރި ޚަރަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އާސަންދަ ސްކީމްތަކަށް ޚަރަދުކޮށްފައިވަނީ 436.7 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް 607.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ 28 އިންސައްތައިގެ ދަށްވުމެކެވެ.
މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ ޖުމްލަ 2.02 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުން މިހާތަނަށް ބާކީ އިނީ ގާތްގަނޑަކަށް 1.58 ބިލިޔަން ރުފިޔާއެވެ. މީގެ އިތުރުން ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރި ޚަރަދުވެސް ވަނީ 45 އިންސައްތަ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އެކަމަށް 81 މިލިޔަން ރުފިޔާ ޚަރަދުކުރިއިރު، މިއަހަރު ޚަރަދުކޮށްފައިވަނީ 44 މިލިޔަން ރުފިޔާއެވެ.
ކައުންސިލްތަކަށް ދޭ ގްރާންޓަށް ބަލާއިރު، މި މުއްދަތުގައި އެ ޚަރަދު ވަނީ އިތުރުވެފައެވެ. މާލީ ރިޕޯޓުން ދައްކާގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި 536.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 634.8 މިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށްފި މިހާރު ދަތުރުތަކަށް އަގު ނަގާނެ
5 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ކައުންސިލް އިންތިހާބުގައި ދެވަނަ ބުރު ވޯޓުލުން މިއަދު ފަށައިފި
5 ގަޑިއިރު ކުރިން

ހަނގުރާމައާ ގުޅޭގޮތުން އެމެރިކާއާއި އިނގިރޭސި ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި
ދުވަހެއް ކުރިން

މި ފަހަރު މި ލިބުނީ "ބީ" ރިޕޯޓެއް، ދެވަނަ ރޭހުގައި ހޯދާނީ "އޭ" ރިޕޯޓެއް: ޝިޔާމް
ދުވަހެއް ކުރިން


.gif&w=3840&q=75)