ނޭވާހިއްލުމަށްދޭ ފަރުވާއާއެކު ދުޅަހެޔޮ ޞިއްޙަތަކަށް މަސައްކަތްކުރަން ޖެހޭ: ސާޖިދާ

ރިޟްވާން މޫސާ - 09 މޭ 2026 - 08:28
ނޭވާހިއްލުންފަދަ ނޭވާލާ ނިޒާމުގެ ބަލިތަކަށްދެވޭ ކުއްލި ފަރުވާއާއެކު ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކުރެވޭ މަސައްކަތްފުޅާކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
ދުނިޔޭގެ ނޭވާ ހިއްލުމުގެ ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ފަރުވާގައި އަދިވެސް ކޮންމެހެން ބޭނުންވާ އިންހޭލާއަށް އެންމެނަށް ވާޞިލުވެވުން މިޝިއާރެވެ.
ނޭވާ ހިއްލުމަކީ ރާއްޖޭގައިވެސް އާންމުކަމެއް ނަމަވެސް އެކަން ގިނަ މީހުންނަށް ދެނެނުގަނެވެނީ މުޖުތަމަޢުގައި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުންކަމަށް ސިއްޙީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.
އަދި އިންހޭލާ ބޭނުންކުރަންޖެހޭ ޙާލަތްތަކުގެ އިންހޭލާ ބޭނުންކުރުމަށް ޖެހިލުންވާވުން ހައްލުކޮށް ބައްޔާއި މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް އޯގާތެރި މުޖުތަމަޢެއް ބިނާކުރަން އެންމެންވެސް ގުޅިގެން މަސައްކަތްކުރުމަށް ސިއްޙީ ދާއިރާގެ ބޭފުޅުން އިލްތިމާސްކުރައްވައެވެ.
ނޭވާ ހިއްލުމަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އާންމުވެފައިވާ ނޭވާލާ ނިޒާމުގެ ބައްޔެއްކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.
ވޯލްޑް އެސްތުމާ ޑޭ ނުވަތަ ނޭވާ ހިއްލުމާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމާ ގުޅޭ ދުވަހާއި ގުޅިގެން އައިޖީއެމްއެޗްގައިވަނީ ސިމްޕޯޒިއަމްއެއް ބާއްވާފައެވެ. މިސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައިވަނީ ގިނަ ބަޔަކަށް އާންމު އަދި އާދައިގެ ކަމެއްގެ ގޮތުގައި ނޭވާލުން ވެފައިވީނަމަވެސް ބައެއް ފަރާތްތަކަށް އެއީ ތަކުލީފުބޮޑު ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވާފައެވެ.
ނޭވާލާ ހިއްލުމާއި ނޭވާލުމުގެ ނިޒާމާއި ގުޅުންހުރި ގިނަ ބަލިތަކަށް މަގުފަހިކުރުވާ އެއް ސަބަބަކީ، ވެށީގެ ތަޣައްޔަރުވުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަރުވާ ފުޅާވަމުންދާއިރު އަދިވެސް މިދާއިރާއިން ކުރަންޖެހޭ މުހިއްމުކަންކަން ހުރިކަން ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް
ހުއްދަ ނުހޯދައި ހުރުމުޒް އަށް ވަތް ތެޔޮ ޓޭންކަރެއް އީރާނުން ހިފަހައްޓައިފި
3 ގަޑިއިރު ކުރިން

ކަސްޓަމަރުންގެ މައުލޫމާތު ހިއްސާއެއް ނުކުރަން: ބީއެމްއެލް
3 ގަޑިއިރު ކުރިން

ބީއެމްއެލްއަކީ ފަތުރުވެރިކަމުގެ އިތުބާރުހިފޭ ބައިވެރިއެއް: އަފީފް
21 ގަޑިއިރު ކުރިން
ބީއެމްއެލްއިން ބައިނަލްއަގުވާމީ 'ނޮން-ޑީލް ރޯޑްޝޯ' ކާމިޔާބުކަމާއެކު ނިންމާލައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)