
ކަސްޓަމަރުންގެ މައުލޫމާތު ހިއްސާއެއް ނުކުރަން: ބީއެމްއެލް

ރިޟްވާން މޫސާ - 09 މޭ 2026 - 08:28
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން މޯލްޑިވްސް އިމިގްރޭޝަނާ ކަސްޓަމަރުންގެ ކާޑާއި ޒާތީ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް، އެ ބޭންކުން ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ސިސްޓަމްގެ ރައްކާތެރިކަން ވަރުގަދަކުރުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު މި އެއްބަސްވުމަށް އަމަލުކުރަން ފަށާފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ ކާޑުތަކުން ރާއްޖޭން ބޭރުގައި މުއާމަލާތެއް ހިންގަން އުޅޭ ހިނދު، ކާޑުގެ ވެރިފަރާތަކީ އެވަގުތު ރާއްޖޭން ބޭރުގައި ހުރި މީހެއްކަން އިމިގްރޭޝަންގެ ސިސްޓަމް މެދުވެރިކޮށް ބޭންކަށް ވަގުތުން ކަށަވަރު ކުރެވޭނެއެވެ.
މި އިންޓަގްރޭޝަންގެ ސަބަބުން، ކާޑުގެ ވެރިފަރާތް ރާއްޖޭގައި ހުއްޓާ އެހެން މީހަކު އެ ކާޑު ހިފައިގެން ގޮސް ރާއްޖޭން ބޭރުގެ އޭޓީއެމް ނުވަތަ ޕީއޯއެސް އެއްގައި ބޭނުންކުރަން އުޅުނަސް އެ މުއާމަލާތެއް ނުހިންގޭނެއެވެ.
ބޭންކް އޮފް މީޯލްޑިވްސް އިން ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހިއްސާކުރަމުންދާ ކަމަށް ބުނެ އެކިއެކި ފަރާތްތަކުން ހަގީގަތާއި ޙިލާފަށް ވާހަކަ ދައްކަމުން އަންނަ ކަމަށާއި، އެކަން ދޮގު ކުރާ ކަމަށް ބެންކް އޮފް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.
އެ ބޭންކުން މިހެން ވިދާޅުވީ ދިވެހި ރުފިޔާ ކާޑުން ބޭރުގައި މުއާމަލާތް ކުރުމާ ގުޅޭގޮތުން އެ ބޭންކުން އަޅާފައިވާ ފިޔަވަޅުތަކާއެކު ބީއެމްއެލްއިން ކަސްޓަމަރުންގެ ޒާތީ މައުލޫމާތު އިމިގްރޭޝަނާ ހިއްސާކުރާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސަޢީދު ވިދާޅުވީ އެ ބޭންކުގެ ކާޑު ސިސްޓަމާއި އިމިގްރޭޝަނުގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމާ މިހާރު އިންޓަގްރޭޓްކުރެވިފައިވާ ކަމަށެވެ.
މީގެ ސަބަބުން އިމިގްރޭޝަންގައި ހުންނަ ޑޭޓާގެ ތެރެއިން އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ބީއެމްއެލްއަށް ނުލިބޭނެ ކަމަށާއި ބީއެމްއެލްގައި ހުންނަ ކަސްޓަމަރުންގެ ކާޑާއި ޒާތީ މައުލޫމާތު އިމިގްރޭޝަނަށް ނުލިބޭނެކަމަށް ސަޢީދު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް
ހުއްދަ ނުހޯދައި ހުރުމުޒް އަށް ވަތް ތެޔޮ ޓޭންކަރެއް އީރާނުން ހިފަހައްޓައިފި
3 ގަޑިއިރު ކުރިން
ނޭވާހިއްލުމަށްދޭ ފަރުވާއާއެކު ދުޅަހެޔޮ ޞިއްޙަތަކަށް މަސައްކަތްކުރަން ޖެހޭ: ސާޖިދާ
3 ގަޑިއިރު ކުރިން

ބީއެމްއެލްއަކީ ފަތުރުވެރިކަމުގެ އިތުބާރުހިފޭ ބައިވެރިއެއް: އަފީފް
21 ގަޑިއިރު ކުރިން
ބީއެމްއެލްއިން ބައިނަލްއަގުވާމީ 'ނޮން-ޑީލް ރޯޑްޝޯ' ކާމިޔާބުކަމާއެކު ނިންމާލައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)