logo

ހަމަލާތައް ހުއްޓާލި ކަމަށް ބުނި ފަހުން އެކަނިވެސް ޣައްޒާއިން 28 މީހުން ޝަހީދުކޮށްލައިފި

profile

ޒިދާން މުޙައްމަދު - 18 އޮކްޓޯބަރު 2025 - 11:25

ހަމަލާތައް ހުއްޓާލި ކަމަށް ބުނި ފަހުން އެކަނިވެސް ޣައްޒާއިން 28 މީހުން ޝަހީދުކޮށްލައިފިއެވެ.

https://wamco.com.mv/

މެޑިކަލް މަސްދަރުތަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމަލާތައް ހުއްޓާލިކަން އިއުލާންކުރި ފަހުން ޣައްޒާއިން 28 މީހުން ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރެއިން 11 މީހުންނަކީ އެއް އާއިލާއެއްގެ މީހުންނެވެ. އެ މީހުން ނިސްބަތްވަނީ ޣައްޒާގެ ޒައިތޫންއޭ ކިޔުނު ރަށެވެ.

އެމެރިކާގެ ހުށަހެޅުމަކަށް ހަމާސްއާއި އިސްރާއީލުން އެއްބަސްވި ގޮތަށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް މިހާރު ވަނީ އަމަލު ކުރަން ފަށާފައެވެ.

ހަމާސް އިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިހުތިރާމް ކުރުމަށާއި ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ޕްރެޝަރު ކުރުމަށް އެމެރިކާ އާއި މިކަމުގައި މެދުވެރިއަކަށް އުޅޭ ފަރާތްތަކަށް ގޮވާލައިފައެވެ.

މީގެ އިތުރުން ޣައްޒާގެ އުތުރުގެ ސަރަހައްދުގައި ގައުކުނޑިތައް ނެގުމުގެ ތެރޭގައި ޝަހީދުވެފައިވާ 150 މީހެއްގެ ހަށިގަނޑުވެސް ވަނީ ފެނިފައެވެ.

ހަމަލާތައް ހުއްޓާލުމަށް އިސްރާއީލާއި ޙަމާސާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ތަންފީޛުކުރަން ފަށާފައިވާއިރު، އުތުރު ޣައްޒާގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ގައުކުނޑިތައް ނަގައި ބިން ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިމަސައްކަތުގެ ތެރެއިން މިހާތަނަށް ގައުކުނޑިތަކުގެ ދަށުގައި ޝަހީދުވެފައިވާ 150 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސުން ވަނީ ބުނެފައެވެ.

ޣައްޒާ ސާފުކުރުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ހެވީވެހިކަލްތައް، ހާއްސަކޮށް، ބޮޑެތި ބުލްޑޯޒަރުތައް ދަނީ ހުއްޓުމެއް ނެތި ހަރަކާތްތެރިވަމުންނެވެ.

މީހުން އަލުން އާބާދުވުމަށް ގެދޮރު އިމާރާތްކުރުމަށް ޣައްޒާގެ އުތުރުން ޚާން ޔޫނިސްއިން އެކަނިވެސް 400,000 ޓަނުގެ ގައުކުނޑިހުސްކުރަންޖެހެއެވެ. އަދި 300 ކިލޯމީޓަރުގެ ފެނާއިނަރުދަމާގެ ނިޒާމު މަރާމާތުކުރަންޖެހެއެވެ.

ޣައްޒާގެ އުތުރުން އިސްރާއީލުގެ ޓެރަރިސްޓުން ފެޔަށްޖެހިފައިވާތީ އުތުރު ޣައްޒާގެ ރައްޔިތުން އެނބުރި ވަޒަނަށް ދާން ވަނީ ފަށައިފައެވެ.

އިސްރާއީލުގެ ޓެރަރިސްޓުން އުތުރު ޣައްޒާއަށް އަރައި އުދުވާންތައް ހިންގާތީ އެތައްހާސް ފަލަސްތީނުގެ ރައްޔިތުންނެއް ވަނީ މަޖުބޫރީ ހާލަތުގައި އެ މީހުން ވަޒަންދޫކޮށް ޣައްޒާގެ މެދުތެރޭގެ ސަރަހައްދުތަކަށް ގޮސްފައެވެ.

ޣައްޒާގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ އުދުވާންތައް ވަގުތީ ގޮތުން ހުއްޓާލުމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ. އަދި އިސްރާއީލުން ހަމަލާތައް ނުދޭހާ ހިނދަކު އިތުރު ހަމަލާއެއް ނުދިނުމަށް ފަލަސްޠީންގެ ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާއަތުންވެސް އެއްބަސްވެފައިވެއެވެ.

ދެ އަހަރަށް ދެމިގެން ގޮސްފައިވާ ހަނގުރާމައިގެ ޖަރީމާރައް ހުއްޓާލަން އިސްރާއީލުން އެއްބަސްވެފައި މި ވަނީ، ޣައްޒާގެ 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށްފަހުއެވެ. ސުލްޙައިގެ އެއްބަސްވުމާއެކު، މެދުއިރުމަތީގެ މަސްރަޙުން ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ހަރުކަށި ޔަހޫދީ އިސްރާއީލުން އަދި ޙަމާސުން ހަމަލާތައް ހުއްޓައިލުމަށް އެއްބަސްވެފައި ވަނީ، މިޞްރުގެ ޝަރްމް އަލް-ޝައިޚުގައި މިހާރު ކުރިއަށްދާ ނުރަސްމީ މަޝްވަރާތަކުގައެވެ. މިއީ، އިސްރާއީލުގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމަށް ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ.

ޙަމާސާއި އިސްރާއީލާ ދެމެދު ސުލްޙަ ގާއިމުކުރުމަށް ޓްރަމްޕް ވަނީ 20 މާއްދާއެއްގެ މައްޗަށް ކަރުދާހެއް ހުށަހަޅުއްވާފައެވެ.

ދެ ފަރާތުން ވެސް މި ވަގުތަށް އެއްބަސްވެފައި ވަނީ ޓްރަމްޕްގެ ހުށަހެޅުމުގެ ފުރަތަމަ މަރުޙަލާ ތަންފީޒު ކުރުމަށެވެ.

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް، އަދިވެސް ސުވާލު އުފެދިފައިވާ ގިނަ މައްސަލަތަކެއް ހުރި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި، އެ ކަންކަމަށް އެކަށީގެންވާ ޙައްލުތަކެއް ނުހޯދިއްޖެ ނަމަ، ސުލްޙަވުމުގެ އެއްބަސްވުން ނާކާމިޔާބުވުމުގެ ފުރުޞަތު އެބަ އޮތެވެ.

ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލެވިފައިވާ ކަން ޙަމާސުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ޖަމާޢަތުން ބުނީ، އެއްބަސްވުމާ އެކު ޣައްޒާގެ ބިންތަކުން އިސްރާއީލުގެ ޓެރަރިސްޓުން ފައިބާނެ ކަމުގައެވެ. އަދި، އިސްރާއީލުގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރެވިގެންދާނެ ކަމުގައެވެ.

https://etukuri.mv/
https://www.aslu.com.mv