
ޓީވީ ތަރި އަޝިޝް ކަޕޫރު / ފޮޓޯ ޓައިމްސް އޮފް އިންޑިޔާ
ގޭންގް ރޭޕް މައްސަލައެއްގައި ހައްޔަރު ކުރި ޓީވީ އެކްޓަރު 14 ދުވަހަށް ބަންދުކޮށްފި

އައިޝަތު އިބްރާހިމް - 10 ސެޕްޓެމްބަރު 2025 - 11:40
ގޭންގް ރޭޕް މައްސަލައެއްގައި ހައްޔަރު ކުރި އިންޑިއާގެ ޓީވީ އެކްޓަރު އަޝިޝް ކަޕޫރް 14 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށްފިއެވެ.
މިދިޔަ ހަފްތާގައި އަޝިޝް ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައެވެ.
މި މައްސަލަ މިހާރު ވަނީ ދިއްލީގެ ސިވިލް ލައިންސް ޕޮލިސް ސްޓޭޝަންގައި ރެކޯޑް ކޮށްފައެވެ.
މި މައްސަލަ ތަހުގީގު ކުރާ ޓީމުން ކޯޓުގައި ބުނެފައިވަނީ މިކަން ހިންގި އިރު އަންހެން މީހާގެ އަތުން އަތުލާގަތް ފޯނު އަދި ވެސް ފެނިފައި ނުވާ ކަމަށާއި އޭގެ އިތުރުން ތުހުމަތު ކުރެވޭ މީހުންގެ ޑިވައިސްތައް ވެސް ފެނިފައި ނުވާ ކަމަށެވެ.
އެ އަންހެން މީހާ ބުނެފައިވާގޮތުގައި އޭނާއަށް ދިއްލީގެ ސިވިލް ލައިންސް ސަރަހައްދުގައި ބޭއްވި ހައުސް ޕާޓީއަކަށް ދައުވަތު ދީފައި ވަނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހެވެ.
އެ ޕާޓީގައި އަޝިޝް އާއި އެހެން މީހަކު ވެގެން އޭނާ ގަދަކަމުން ފާހަނައަށް ގެންގޮސް ރޭޕް ކުރީ ކަމަށްވެސް ބުނެފައިވާއިރު، އެ މަންޒަރު ރެެކޯޑް ކުރި ކަަމަށްވެސް ބުނެފައި ވެއެވެ. އަދި ރެކޯޑް ކޮށްފައިވާ އެ މަންޒަރު ލީކްކޮށްލާނެ ކަމަށް އެ އަންހެނަކު އިންޒާރު ދީފައިވާ ކަމަށްވެސް އަންހެން މީހާ ބުނެފައި ވެއެވެ.
މި މައްސަލަ އޮގަސްޓް 14 ވަަނަ ދުވަހު ހުށަހެޅިއިރު، އަޝިޝް ހައްޔަރު ކުރަން ތިން ހަފްތާ ނެގިކަމަށް ފުލުހުންނާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. މި މައްސަލަ ފެންމަތިވުމާއެކު އޭނާ އުޅުނީ ފިލައިގެންކަމަށް ވެސް ފިލްމީ މަސްރަހު ދިރާސާކުރާ ނޫސްތަކުން ބުނެއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިިިދިޔަ ބުރާސްފަތި ދުވަހު ޕޫނޭގައި ހުންނަ އޭނާގެ ރަހުމަތްތެރިއެއްގެ ގެއިން ކަމަށްވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
އަޝިޝް ކަޕޫރު ވަނީ ސާރަސްވަތީޗަންދުރަ، ލަވް މެރިޖް ޔާ އެރޭންޖްޑް މެރިޖް، ޗާންދު ޗުޕާ ބާދަލް މޭ، ދޭކާ އޭކް ޚުވާބް، މޮލްކްކީ ރިޝްތޯން ކީ އަގްނިޕަރިކްޝާ، ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ، ވޯ އަޕްނާ ސާ އަދި ބަނޑިނީ ފަދަ ޓީވީ ސިލްސިލާތައް ކުޅެ ޓީވީ ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން