logo

މަސްތުވާތަކެތީގެ މައްސަލައެއްގައި ކަނޑުހުޅުދޫއިން މީހަކު ހައްޔަރުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 24 ފެބްރުއަރީ 2026 - 17:53

މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކޮށް އަދި އެ ތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގއ. ކަނޑުހުޅުދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

https://wamco.com.mv/

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ، ސުވާސާގެ، އުމުރުން 48 އަހަރުގެ ހަސަން ސައީދު ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކަނޑުހުޅުދޫ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ.

ފުލުހުން ބުނިގޮތުގައި އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތަކެތި ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން ސައީދުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk