
އިސްލާމްދީނަށް ހަޖޫޖެހި މީހާ ފުލުހަށް ހާޒިރު ކުރަނީ

ރިޟްވާން މޫސާ - 24 ފެބްރުއަރީ 2026 - 21:16
އިސްލާމްދީނަށް ހަޖޫޖަހައި ސޯޝަލް މީޑިޔާގައި ފުރައްސާރަ ކުރަމުން އަންނަ މީހަކު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
އިސްލާމް ދީނަށް ހަޖޫޖަހައި ފުރައްސާރަ ކުރުމުގެ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ ހ.ފިލިކުރިގެ އުމުރުން 51 އަހަރުގެ އަހުމަދު އާމިރެވެ.
ފުލުހުންގެ އިއުލާނުގައި ބުނެފައި ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ބޮޑެތި އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ބޮޑުތަކުރުފާނު މަގު އުސް ފަސްގަނޑު ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް!
2 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ކަނޑުހުޅުދޫއިން މީހަކު ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން

އެސްޓޯނިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
11 ގަޑިއިރު ކުރިން

ޔޫއޭއީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތްކުރައްވައިފި
15 ގަޑިއިރު ކުރިން


.gif&w=3840&q=75)