logo

ޖާގަ ތަނަވަސް ފްލެޓްތަކެއް ސިނަމާލޭގައި އަޅަނީ

profile

އަހުމަދު ޒަލީފު - 23 ޖެނުއަރީ 2024 - 15:07

ހިޔާ ފްލެޓް

ހިޔާ ފްލެޓް

ޖާގަ ތަނަވަސް ބޮޑު ފްލެޓްތަކެއް ލިބޭނެހެން، ސިނަމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އާ އިމާރާތެއް އަޅާ ދެއްވަން ނިންމަވާފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ މޭޔަރު، އަދި ކައުންސިލަރުން ހުވާ ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރު، ކުރަން ބޭނުންވި ކަންކަމުގެ ތެރެއިން ބައެއް ކަންކަން އޭރުގެ ސަރުކާރުން ކުރިއަށް ގެންދަން ފުރުސަތު ދެއްވާފައި ނުވާ ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ ސިނަމާލެ ސަރަޙައްދުގައި ގެދޮރު ބިނާކުރުމަށްޓަކައި ފަށަން ނިންމާފައި އޮތް މަޝްރޫޢު ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އޭރު އެމަސައްކަތް ކުރިއަށް ގެންދަން ފުރުސަތު ނުދިން ނަމަވެސް އެކަން މިހާރު ކުރިއަށް ގެންދެވޭނެ މަގު ހަމަޖެހިފައިވާ ކަމަށެވެ.

އެހެން ކަމުން އޭޕްރިލް މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ސިނަމާލެ ސަރަޙައްދުގައި، މިހާރު އެތާ އެހެރަ 5 އިމާރާތް، ސިނަމާލެ 1، 2، 3، މާލޭހިޔާ 1، 2 މި ފަސް އިމާރާތުގެ ހުރިހާ ފްލެޓްތަކަށް ބޭނުންވާވަރުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެޕްރީލް މަސް ހިސާބުގައި، އިރާދަކުރެއްވިއްޔާ ސިނަމާލެ ސަރަޙައްދުގައި، މިހާރު އެތާ އެހެރަ 5 އިމާރާތް، ސިނަމާލެ 1، 2، 3، މާލޭހިޔާ 1، 2 މި ފަސް އިމާރާތުގެ ހުރިހާ ފްލެޓްތަކަށް ބޭނުންވާވަރުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށޭނެ." ރައީސް ވިދާޅުވިއެވެ.

tel:+9607331319