logo

ގޯތި ލިބުނު މީހުންނަށް ޕޯޓަލް އިން ލިޔުން ދީފި

profile

އަހުމަދު ޒަލީފު - 09 އޭޕްރީލު 2024 - 15:59

—

ބިންވެރިޔާ ސްކީމުގެ ދަށުން ނިމިދިޔަ ސަރުކާރުން ދިން ގޯތި ލިބުނު މީހުންނަށް އެގޯތި ލިބުނު ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ލިޔުން ދީފިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ އެކައުންޓުން "އެކްސް'' ގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ބިން ލިބުނު ފަރާތްތަކަށް ލިޔުން ދޫކުރާނީ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދުގެ ނަމުގައި ކަމަށެވެ.

''ވަޒީރު ހައިދަރު ގެ ނަމުގައި ބިން ލިބުނު ފަރާތްތަކަށް ލިޔުމެއް ފޯރުކޮށްދީފިއެވެ. މި ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފެންނާނެއެވެ.''، އެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ހުންނަނީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އެއީ ހުޅުމާލެއިން ދޫކުރާ 1،351 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2،219 ގޯއްޗާއި ގިރާވަރުފަޅުން ދޫކުރާ 5،433 ގޯއްޗެވެ.

tel:+9607331319