logo

ސައޫދީއަށް ދޭ ހަމަލާތައް ޗައިނާއިން ކުށްވެރިކޮށްފި

profile

އާމިނަތު ޝަޒްލާ - 12 އޮކްޓޯބަރު 2026 - 11:24

ސައޫދީ އަރަބިއްޔާގެ އެއާޕޯޓްތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް ހޫޘީން ދާދިފަހުން ދިން ހަމަލާތައް ޗައިނާއިން ކުށްވެރިކޮށްފިއެވެ. އަދި ސައޫދީ ސަރުކާރާއި ޔަމަނުގެ ހޫޘީ ގްރޫޕާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ވަރުގަދަވަމުންދާތީ އެކަމާ މެދު އިންތިހާއަށް ކަންބޮޑުވާކަން އެގައުމުން ވަނީ މިއަދު ހާމަކޮށްފައެވެ.

https://wamco.com.mv/

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު މި ހަމަލާތައް ޗައިނާއިން ކުށްވެރިކުރާ ކަމަށާއި، މި ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދާތީ އެކަމާ މެދު ހިތާމަކުރާ ކަމަށެވެ.

މާއޯ އިތުރަށް ވިދާޅުވީ، ސަރަހައްދީ ނުތަނަވަސްކަން އިތުރުވެދާނެ ފަދަ އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަކަށްވެސް ގޮވާލާ ކަމަށެވެ. އަދި ޚިޔާލުތަފާތުވުންތަކާއި މައްސަލަތައް މަޝްވަރާގެ މަގުން ހައްލުކޮށް، ވީހާވެސް އަވަހަކަށް އެ ސަރަހައްދަށް ސުލްހަވެރިކަމާއި ހަމަޖެހުން ގެނައުމަށް މަސައްކަތް ކުރުމަށް ޗައިނާއިން ބާރުއަޅާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާދީއްތަ ދުވަހު ހޫޘީން ރިޔާޟްގެ އިންޓަރނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއެއްގައި އެކަކު މަރުވެ، 11 މީހަކު ވަނީ ޒަޚަމްވެފައެވެ. މިއީ އީރާނުގެ މަދަދުލިބޭ ހޫޘީން އެ އެއާޕޯޓަށް ދިން ވަރުގަދަ ހަމަލާއަކާ ގުޅިގެން އެތަނުގެ އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުނުތާ އެއްދުވަސް ފަހުން ދިން ހަމަލާއެކެވެ.

ހޮނިހިރު ދުވަހު ދިން ހަމަލާއަކީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ސައުދީ އަރަބިއްޔާގެ ފަސްގަނޑަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. މިއީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ މަސްރަހު އިތުރަށް ގޯސްވެގެންދިޔަ ކަމެކެވެ. ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރަށް އެހީތެރިވުމަށް ސައުދީން ގެންދަނީ ހޫޘީންނާ ދެކޮޅަށް އަސްކަރީ ގޮތުން ހަރަކާތްތެރިވަމުންނެވެ.

ހޫޘީން ވަނީ ރިޔާޟް އެއާޕޯޓަށް އަމާޒުކޮށް ދޭ ހަމަލާތައް ފަހަކަށް އައިސް ވަރުގަދަކޮށްފައެވެ. މިގޮތުން މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާގައި ވެސް ތިން މީހަކު މަރުވެފައިވެއެވެ. މީގެ އިތުރުން ސައުދީގެ ތެޔޮ ރިޒާވްތަކަށާއި ރަތްކަނޑުން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ވެސް ހޫޘީން ދަނީ ހަމަލާދެމުންނެވެ.

https://wamco.com.mv/
tel:+9607331319