logo

މުދަލު ޒަކާތުގެ ނިޞާބު އެއްވަރެއްގައި ހިފެހެއްޓިފައި

profile

އާމިނަތު ޝަފާ - 04 ޖުލައި 2024 - 12:43

މުދަލު ޒަކާތުގެ ނިޞާބުހުރީ އެއްވަރެއްގައި ހިފެހެއްޓިފައި

މުދަލު ޒަކާތުގެ ނިޞާބުހުރީ އެއްވަރެއްގައި ހިފެހެއްޓިފައި

މުދަލު ޒަކާތުގެ ނިޞާބު އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ޒަކާތު ހައުސްއިން އާއްމުކުރި ހިސާބުތަކުން ދައްކައިފިއެވެ.

ޒަކާތު ހައުސްއިން ބުނީ ދިޔަ މެއި މަހުގެ 22 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 9353.40 (ނުވަ ހާސް ތިން ސަތޭކަ ފަންސާސް ތިން ރުފިޔާ ސާޅީސް ލާރި) ކަމަށެވެ. މެއިމަހުން ފެށިގެން މިއަދާ ހަމައަށް ނިޞާބުގެ އަދަދު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

މިދިޔަ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ނިސާބުހުރީ 7،140 ރުފިޔާގައެވެ. އޭގެ ކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ 7،151 ރުފިޔާ 90 ލާރީގައެވެ. ރާއްޖޭގައި ނިސާބު ބަލަނީ ރިހިންނެވެ. ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ފައިސާއިން ޒަކާތުގެ ނިސާބަށް ޖެހޭ އަދަދަށް ބަދަލު މީހެއްގެ އަތުގައި ހުރި މުދަލުގެ ނިސާބު ހަމަވެ، ނިސާބަށްވުރެ މަދުނުވެ ހިޖުރީ ސަނަތުން އެއްއަހަރު ވެއްޖެ ނަމަ، އެމުދަލުގެ ސާޅީސްބައިކުޅަ އެއްބައި، ޒަކާތަށް ނެރުން ވާޖިބުވާނެއެވެ.

މުދަލު ޒަކާތުގެ ނިޞާބު މެއިމަހުން ފެށިގެން އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު މުދަލު ޒަކާތް ނުދައްކާތީ އެކަމުގެ ކަންބޮޑުވުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަންނަނީ ފާޅުކުރަމުންނެވެ.


https://wamco.com.mv/
tel:+9607331319