logo

ޤައުމެއްގެ ކުރިއެރުއެރުމުގެ ފަހަތުގައި ތިބޭނީ ހުނަރުވެރި ޒުވާނުން: ޗައިނާ ސަފީރު

profile

އައިޝަތު އިނާޝާ - 18 ސެޕްޓެމްބަރު 2024 - 22:45

ޗައިނާގެ ސަފީރު ވަންގް ލީޝިން

ޗައިނާގެ ސަފީރު ވަންގް ލީޝިން

ޤައުމެއްގެ ކުރިއެރުމުގެ ފަހަތުގައި ތިބޭނީ އެ ޤައުމޭއްގެ ހުނަރުވެރި ޒުވާނުންކަމަށް ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ވަންގް ލީޝިން ވިދާލުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވަނީ "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި ބޭއްވުނު ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ސީޑް ފޮރ ދަ ފިއުޗަރ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު 4 ދިވެހި ދަރިވަރުންނަށް މަރުހަބާއާއި މުބާރިކްބާދީ ވިދާޅުވިއެވެ.

"ޤައުމެއްގެ ކުރިއެރުއެރުމުގެ ފަހަތުގައި ތިބޭނީ ހުނަރުވެރި ޒުވާނުން. އެގޮތުން، ޓެކްނޮލޮޖީ، އިޤްތިސާދީ އަދި ތަފާތު އެކި ދާއިރާތަކުން ޤައުމަށް ކުރިއެރުން ހޯދައިދިނުމުގައި ހުނަރުވެރިން ޒުވާނުން މަސައްކަތްކުރޭ" ސަފީރު ވަންގް ލީޝިން

ދިވެހިރާއްޖޭގެ ރަޢީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ފަދައިން ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް، ޑިޖިޓަލައިޒޭޝަން ނުވަތަ ޓެކްނޮލޮޖީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން ވަރަށް މުހިއްމު ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ސީޑް ފޮރ ދަ ފިއުޗަރ ޕްރޮގްރާމްގެ ދަށުން ޗައިނާއަށް ޒިޔާރަތްކުރާ 4 ދަރިވަރުން އެނބުރި ރާއްޖެ އަންނައިރު، އެ ދަރިވަރުންގެ ހުނަރާއި މަޢުލުމާތު އިތުރުވެ، ދަރިވަރުންގެ އިތުރުން ދިވެހިރާއްޖޭގެ މުސްތަޤްބަލު އުޖާލާވުމަށް އުންމީދުކުރައްވާ ކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.

ފޮޓޯ؛ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

ޗައިނާގެ ވާވޭ ކުންފުނިން ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮއްދިނުމަށް "ސީޑްސް ފޮރ ދަ ފިއުޗަރ" ގެ ނަމުގައި ހިންގާ މި ޕްރޮގްރާމަގައި ރާއްޖޭގެ 4 ދަރިވަރުން ބައިވެރިވެއެވެ.

މި ފުރުސަތު ލިބުނު ދިވެހި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަރިވަރު، ޔޫސުފް މިޒާން މުޙައްމަދު، އެވިޑް ކޮލެޖްގެ ދަރިވަރު، ހަމްނާ ހުސައިން، ވިލާ ކޮލެޖްގެ ދެ ދަރިވަރުން ކަމަށްވާ، އައިޝަތު އަލްޔާ އަދި އައިޝަތު މުޝީރާއެވެ.

ވާވޭ އިން މި ދަރިވަރުންނަށް "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އެ ދަރިވަރުންގެ ތަޢުލީމީ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

tel:+9607331319