
ފެނަކައިގެ ކުރީގެ އެމްޑީ ސައީދު
ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ޕާސްޕޯޓު ހިފަހައްޓައިފި

މަރްޔަމް އުމްނާ އިސްމާޢީލް - 29 އޮކްޓޯބަރު 2024 - 15:30
އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަހުމަދު ސައީދުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ސައީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރަމުންދާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މިކަން 'އަސްލު ޓީވީ" އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
އޭސީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭނާގެ ޕާސްޕޯޓު ވަނީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ހިފަހައްޓާފަ އެވެ. އެއީ މިހާރުވެސް ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްވާތީ އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ ކޮން މައްސަލައެއްގައި ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
ސައީދު ފެނަކައިގެ އެމްޑީއަކަށް ހުންނެވިއިރު ވެސް އެ ކުންފުނީގެ ތެރެއިން ވައްކަމާއި ކޮރަޕްޝަނަށް ތުހުމަތުވާ މައްސަލަތަކެއް ފެންމަތިވި އެވެ. އެގޮތުން އެމްޑީޕީގެ ވެރިކަން ބަދަލުވެ، މި ސަރުކާރު އައިއިރު، ފެނަކައާ ގުޅުން ހުރި 31 މައްސަލައެއް އޭސީސީގައި އޮތެވެ.
މިދިޔަ ވެރިކަމުގައި އެ ކުންފުންޏަށް ނުތަކާ ވަރަށް މުވައްޒަފުން ނަގައި، މިލިއަނުން ދަރުވާލާފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ. މި ސަރުކާރު އައިއިރު ފެނަކަ އޮތީ އޮޕަރޭޝަނަށް ވެސް ބުރު އަރާ ހާލަތުގައި ކަމަށް މިހާރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުއާޒް މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
ސަރުކާރުން ޓީ-ބިލަށް ފައިސާ ދެއްކުމާއި ބޭންކާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް
13 ގަޑިއިރު ކުރިން

ބީއެމްއެލްއިން ޑޮލަރު ވިއްކައިގެން ރާއްޖެއިން ބޭރުވާ މިންވަރު %33.33 އިތުރުވެ، މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު!
13 ގަޑިއިރު ކުރިން

އިސްލާމިކް ރިފައިނޭންސިންގ އޯޕަންޑޭ ކާމިޔާބުކަމާއެކު ނިންމާލައިފި
13 ގަޑިއިރު ކުރިން

އަތޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކުގެ ހިންގުން ހަރުދަނާކުރުމަށް ޚާއްޞަ އޮރިއެންޓޭޝަން ޕްރޮގްރާމެއް!
15 ގަޑިއިރު ކުރިން


