
ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ
ރަކީދޫއަކީ އިއާދަކުރުވަނިވި ހަކަތަ ގާއިމްކުރުމުގައި ނަމޫނާ ރަށެއް: ފަހުމީ

އައިމިނަތު ރޫޔާ - 26 ނޮވެމްބަރު 2024 - 07:00
ވ.ރަކީދޫއަކީ އިއާދަކުރުވަނިވި ހަކަތަ ގާއިމްކުރުމުގައި ނަމޫނާ ރަށެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަކީދޫގައި ހައިބްރިޑް ޕީވީ-ބެސް-ޑީޖީ ސިސްޓަމެއް ބޭނުންކުރާ ކަމަށާއި، މި ސިސްޓަމްގެ ދަށުން އިރުގެ އަލިން އުފައްދާ ކަރަންޓާއި ބެޓެރީގައި ރައްކާކުރެވޭ ހަކަތަ ބޭނުންކޮށްގެން ރަށަށް ކަރަންޓު ފޯރުކޮށްދެވޭ ކަމަށެވެ.
މިއާއެކު ރަކީދޫގައި ކަރަންޓު ދިނުމަށް ޖަނެރޭޓަރު ޖައްސަން ޖެހެނީ އެންމެ 2 ގަޑިއިރުގައި ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި މި ކާމިޔާބީއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅާއި އަޒުމުގެ ސަބަބުން ކުރެވުނު ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން، ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ބޭނުންކުރުން 33 އިންސައްތައަށް އިތުރުކުރުމުގެ ލަނޑުދަނޑިއާ ހަމައަށް ވާސިލްވެއްޖެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
އެކަމަށްޓަކައި ފަހުމީ ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ޝުކުރު ދަންނަވާފައެވެ.
ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް 4 އިންސައްތައިން 33 އިންސައްތައަށް އިތުރުކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވަޢުދުފުޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

އިރާނާ ދެކޮޅަށް ކުރާ ހަނގުރާމއިގައި އަރަބި ގައުމުތަކު އެހީތެރިކަމަށް ޓްރަމްޕު އެދެނީ
7 ގަޑިއިރު ކުރިން

އަދީލަށް އޭއީއެޗްގެ ސީއީއޯ ކަން ދީފި
8 ގަޑިއިރު ކުރިން

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރި ކޮށްގެން މީހަކު ހައްޔަރުކޮަށްފި
8 ގަޑިއިރު ކުރިން

ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައްސަލާގެ ހުކުމް މިއަދު އިއްވަނީ
8 ގަޑިއިރު ކުރިން


.gif&w=3840&q=75)