logo

ދަރިވަރުންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި މަތީ ސާނަވީ އިމްތިހާނަކީ މުހިންމު ފިޔަވަޅެއް: ރައީސް ޑރ. މުޢިއްޒު

profile

މުޙައްމަދު ފަޟްލޫން - 27 ސެޕްޓެމްބަރު 2026 - 12:59

https://wamco.com.mv/

ދަރިވަރުންގެ މުސްތަޤުބަލު ބިނާކުރުމަށާއި، މަތީ ތަޢުލީމުގެ ދާއިރާއިން ކުރިއަށްދާނެ ރޮނގެއް ކަނޑައެޅުމުގައި މަތީ ސާނަވީ އިމްތިޙާނަކީ ނުހަނު މުހިންމު މަރުޙަލާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި، އިމްތިޙާނުގައި ބައިވެރިވާ އެންމެހައި ދަރިވަރުންނަށާއި، އެ ދަރިވަރުންގެ ބެލެނިވެރިންނާއި ޢާއިލާތަކަށް އަދި ސްކޫލުތަކަށް ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް ވަނީ އަރިސްކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި، ދަރިވަރުންގެ ޙަޔާތް ބާއްޖަވެރިކުރުމަށާއި، ހާއްސަކޮށް މަތީ ތަޢުލީމު ހާސިލްކުރާނެ ދާއިރާއެއް އިހްތިޔާރުކޮށް ކުރިއަށް ދިއުމަށް މަތީ ސާނަވީ އިމްތިހާނަކީ އަސާސީ ބިންގަލެއްކަން ފާހަގަކުރެއްވިއެވެ.

މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު ރާއްޖޭގެ 53 މަރުކަޒެއްގައި ކުރިއަށްދާއިރު، އޭލެވެލް އިމްތިޙާނުގައި 4،973 ދަރިވަރުން އަދި އެޗް.އެސް.ސީ އިމްތިޙާނުގައި 2،263 ދަރިވަރުން ބައިވެރިވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަޙައްދުގެ 4 މަރުކަޒެއްގައި 3،284 ދަރިވަރުން އިމްތިޙާނު ފުރިހަމަކުރަމުންދާއިރު، އަތޮޅުތަކުގެ 49 މަރުކަޒެއްގައި 1،689 ދަރިވަރުން އިމްތިޙާނު ހަދަމުންދެއެވެ.

މިއަދު ފެށުނު އޭލެވެލް އިމްތިޙާނު އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި މިހާރު ކުރިއަށްދާ އޯލެވެލް އިމްތިޙާނު ނިމުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

https://wamco.com.mv/
tel:+9607331319