
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް: ރަނގަޅު ކާނާއާއި ފަހި ކުރިމަގަކަށް އަތުގުޅާލާ

ޝަހްޒާ މުޙައްމަދު - 16 އޮކްޓޯބަރު 2025 - 05:14
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ. މިއީ އެކުވެރި ދައުލަތްތަކުގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ޖަމްޢިއްޔާ (އެފްއޭއޯ) 1945 ގައި އުފެދުނު ދުވަހާ ގުޅުވައިގެން ފާހަގަކުރަން ފެށި ދުވަހެކެވެ. މިއަހަރުގެ ޝިއާރަކީ "ހޭންޑް އިން ހޭންޑް ފޯ ބެޓާ ފުޑްސް އެންޑް އަ ބެޓާ ފިއުޗާ"މި ޝިއާރު ބިނާވެފައިވަނީ ރަނގަޅު ކާނާއާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލަމުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ކާބޯތަކެތީގެ ދުވަސް ފާހަގަކުރަނީ ކީއްވެ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދުނިޔޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ބަނޑުހައިހޫނުކަން ނައްތާލުމާއި، ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކުރުން ހިމެނެއެވެ. އަދި ހަމައެހެންމެ، ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމުގެ މުހިންމުކަން ހާމަކޮށްދިނުމާއި، މިކަންކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމަކީވެސް މި ދުވަހުގެ މުހިންމު މަޤްޞަދުތަކެވެ.
ދިވެހިރާއްޖޭގައި ކާބޯތަކެތީގެ ދުވަސް
ދިވެހިރާއްޖޭގައި ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން ފެށިފައިވަނީ 1980 ގެ ކުރީކޮޅުގައެވެ. މިދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް ސަރުކާރުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. މިގޮތުން މިއަހަރުމިއަހަރުގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާއިން ވަނީ ނިންމަވާފައެވެ. މި ދުވަސް ފާހަގަކުރަނީ ޖަނަވާރުންގެ ދުވަހާއި، ދަނޑުވެރިކަމުގެ ދުވަހާއި އަދި ކާބޯތަކެތީގެ ދުވަސް އެއްކޮއްލައިގެންނެވެ.
އެގޮތުން މި ހަރަކާތުގައި މައުލޫމާތުދިނުމާއި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް އޮންނާނެކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒެވެ. އެގޮތުން ރާއްޖޭގައި ހައްދާ ކާބޯތަކެތީގެ ބާވަތްތައް ގިނަކޮށް، އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދެއެވެ. ސަރުކާރުން ވަނީ ރާއްޖޭގެ ބިންބޮޑެތި ރަށްރަށުގައި ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމެއް ފަށާފައެވެ.
ކާބޯތަކެތީގެ އިސްރާފު މަދުކުރުން
ކާބޯތަކެތީގެ އިސްރާފަކީ ދުނިޔޭގައި ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެއްފަރާތުން ބަނޑުހައިހޫނުކަމުގައި އުޅޭ މީހުން ގިނަވަމުންދާއިރު، އަނެއްފަރާތުން ކާބޯތަކެތި އިސްރާފުވަމުންދާ މިންވަރު އިތުރުވަމުންދެއެވެ. އެހެންކަމުން، ކާބޯތަކެތި އިސްރާފު ނުކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ މިފަދަދުވަހަކު ކޮންމެ މީހަކު ވެސް ފަރުދީގޮތުން ކަނޑައެޅިދާނެ އަޒުމެކެވެ.
ސިއްހަތަށް ފައިދާހުރި ކާނާ
ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ކޮންމެހެން މުހިންމު ކަމެކެވެ. ރަނގަޅު ކާނާ ކެއުމުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، ބަލިތަކުން ރައްކާތެރިވެވެއެވެ. އެހެންކަމުން، ސިއްހީ މާހިރުން އަބަދު ވެސް ލަފާދެނީ މިންހެޔޮ ކާނާ ބޭނުންކުރުމަށެވެ.
ދެމެހެއްޓެނިވި ދަނޑުވެރިކަން
ދެމެހެއްޓެނިވި ދަނޑުވެރިކަމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުން، ދިގު މުއްދަތަކަށް ކާބޯތަކެތި އުފެއްދުމުގެ ގާބިލުކަން ދެމެހެއްޓެއެވެ. އަދި މިކަމުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރެވި، ކާބޯތަކެތީގެ ފެންވަރު ރަނގަޅުވެގެންދެއެވެ.ރާޢްޖޭގައި ވެސް މިފަދަ މަސައްކަތްތައް ކުރެއެވެ.ދިވެހިންނަނީ ކާނާގެ ގިނަ ބާވަތްތަކަށް ބޭރުގެ އުފެއްދުންތަކަށް ބަރޯސާވެފައިވާ ބަޔަކަށްވާތީ، ދަނޑުވެރިކަމުގެ ދާއިރާއިން ތައުލީމީ ޒުވާނުން، ފައިދާހުރިގޮތަށް މިމަަސްކަތް ކުރުމަކީ ރައްކާތެރި ކާނާ ހެޔޮއަގުގައި ރާއްޖެއަށް ފޮރުކޮށްދިނުމަށް ކުރެވިދާނެކަމެކެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ ކާބޯތަކެތީގެ މުހިންމުކަމާމެދު ވިސްނައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ދުވަހެކެވެ. މިދުވަހުގެ ޝިއާރުގައިވާ ފަދައިން، ރަނގަޅު ކާނާއާއި ފަހި ކުރިމަގަކަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހެއެވެ. އަދި ކާބޯތަކެތި ނުލިބޭ މީހުންނަށް އެހީތެރިވެ، ކާބޯތަކެތީގެ އިސްރާފު މަދުކޮށް، އިފެއްދުންތެރި ދަނޑުވެރިކަމުގެ އެހީގައި ކާބޯތަކެތި އުފެއްދުމަށް މަސައްކަތްކޮށް ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމަށް އިސްކަންދޭން ޖެހެއެވެ.
ގުޅުން ހުރި ޙަބަރުތައް

މި ރޯދަމަހު ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރަނީ
2 އަހަރު ކުރިން

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރަނީ
2 އަހަރު ކުރިން

އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ، އިފުތިތާޙުކޮށްފި
2 އަހަރު ކުރިން

ކާބޯތަކެތީގެ ގާނޫނަށް އަމަލުކުރަން ފެށުމުން އެންގުމަކާއި ނުލައި ޗެކްކުރަނީ
އަހަރެއް ކުރިން