
ވިއްސާރައިގައި އައްޑޫސިޓީއަށް ގެއްލުތަކެއް ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 31 ޑިސެމްބަރު 2025 - 10:42
މިހާރު ރާއްހޖޭގެ ދެކުނުގެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކުގެ ފުރާޅު، ވަޔާ އެއްލާލައި ބޮޑެތި ގެއްލުންތަކެއްވެއްޖެވެ.
ވިއްސާރައިގައި ފުރާޅު އެއްލާލި ގެތަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމްއެންޑީއެފްއިން ބުނީ ވިއްސާރައާ އެކު އެރި ކޮޅިގަނޑުގައި މިހާތަނަށް 4 ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފައިވާކަމަށެވެ.
އެގޮތުން ރޭ 23:20 ހާއިރު ހިތަދޫ އާލިއާ މަންޒިލް، އަދި މިއަދު ހެނދުނު 07:20 ހާއިރު ހިތަދޫ ބިންމާގެއާއި 07:40 ހާއިރު މަރަދޫ އެމަރލްޑް ގޭގެ އަދި 08:00 ހާއިރު މީދޫ މޫންޝެޑޯ ގޭގެ ފުރާޅު އެއްލާލައިގެން ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިކަމަށެވެ.
މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
މިދުވަސްވަރު ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ލިބުނު ގެއްލުންތަކާއި ގުޅޭ މައުލޫމާތު މީޑިއާ އާއި ހިއްސާކޮށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީން ބުނީ އައްޑޫއާއި ފުވައްމުލަކުން ވިއްސާރަވެ ވައިގަދަވެ ގެއްލުންވެގެން ރިޕޯޓް ލިބެމުންދާކަމަށެވެ.
އައްޑޫގެ ބައެއް ގެތަކުގެ ފުރާޅު އެއްލާލައި އަދި ފުވައްމުލަކު ގެއެއްގެ މައްޗަށް ބަނބުކެޔޮ ގަހެއްވެއްޓި ގެއްލުން ވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ.
ނަމަވެސް އެއްވެސް ފަރާތަކަށް އިންސާނީ އެހީތެރިކަން ބޭނުންވެގެން ހުށައަޅާފައި ނުވާކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
ވިއްސާރައިގެ ސަަބަބުން ލިބެމުންދާ ގެއްލުން ދެނެގަތުމުގެ މަސައްކަތް ކުރާނެކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
ދެކުނުގެ އަތޮޅުތަކަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޕްރޮޖެކްޓް އައިލާ ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ރައީސް ކަނޑައަޅުއްވައިފި
37 މިނިޓު ކުރިން

މިހާތަނަށް 96 މަސާޖް ޕާލާ ބަންދުކޮށްފިން: ރައީސް ޑރ މުއިއްޒު
37 މިނިޓު ކުރިން

ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި
37 މިނިޓު ކުރިން

ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
ގަޑިއިރެއް ކުރިން


