
ސިފައިން ޑްރޯންގެ އެހީގައި ހިފެހެއްޓި ބޯޓުގައި 300 ކިލޯގެ ޑްރަގްސް

ޝަހްޒާ މުޙައްމަދު - 08 ނޮވެމްބަރު 2025 - 17:56
ރާއްޖެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުން ދަނިކޮށް، ދިވެހި ސިފައިން އިއްޔެ އަތުލައިގަތް ސްރީލަންކާގެ މަސްބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑްރޯން ބޭނުންކޮށްގެން ހިންގި ސަވައިލަންސެއްގައި އަތުލައިގަތް އެ މަސް ބޯޓުގައި ހުރީ މަސްތުވާތަކެތީގެ ބާވަތްތަކެއް ކަމަށްވާ، ހެރޮއިން އާއި ކްރިސްޓަލް މެތެވެ. ބޯޓުގައި މަސައްކަތް ކުރާ ހަ މަސްވެރިން ވެސް ތިއްބެވެ.
އެ މަސްބޯޓު ހުއްޓުވީ، ލަންކާގެ ކަނޑުގެ ސިފައިން ދިން އިންޓެލިޖެންސް މައުލޫމާތު މެދުވެރިކޮށް ކަމަށް ނޫސްތަކުގައި ބުނެފައި ވެ އެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފް އާއި ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެމްއެންޑީއެފުން އިއްޔެ ބުނީ، ބޭރުގެ ބޯޓެއް ގާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު ހުއްޓުވައި ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން އިއްޔެ ހިންގި އެހެން އޮޕަރޭޝަނެއްގައި ވެސް، ރާއްޖޭގެ އެސްއީޒެޑުގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބުރާސްފަތި ހިންގި އޮޕަރޭޝަނުން ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި!
3 އަހަރު ކުރިން

6.8 ކިލޯގެ ޑްރަގާއެކު 17 މީހުން ހައްޔަރުކޮށްފި
3 އަހަރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަމުން މީހަކު ހައްޔަރު ކޮށްފި
3 އަހަރު ކުރިން

މަގުމަތީގަ މަސްތުވާތަކެތީގެ ވިޔަފާރި ކުރިމީހާ ހައްޔަރުކޮށްފި
3 އަހަރު ކުރިން


